ފަރުކޮއި ޕްރޮގްރާމްގެ ދަށުން ފުޅަދޫ ސްކޫލްގެ ދަރިވަރުންނަށް ފަރުތައް ދައްކާލައިފި

l_152118130054PzVo.jpg

ޕަރޮކޮއި ޕްރޮގްރާމްގް ދަށުން މުހުއްޔިއްދީން ސްކޫލުގެ ދަރިވަރުން ފަރުތައް ބަލާލުމަށް ހިންގި ޕްރޮގްރާމްގެ ތެރެއިން--ފޮޓޯ: ޓުވިޓާ

މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާާ ސްކޫލުތަކެއްގެ ދަރިވަރުންނަށް ރާއްޖޭގެ ފަރުތައް ދައްކާލުމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށް ގެންދާ “ފަރުކޮއި” ޕްރޮގްރާމް ގެ ދަށުން ، ބ.ފުޅަދޫ ސްކޫލަށް ފަރުތައް ދައްކާލައިފިއެވެ.

ފުޅަދޫ ސްކޫލާއެކު ރާއްޖޭގެ ހަތް ސްކޫލަކުން 1120 ދަރިވަރުންނަށް ވަނީ ފަރުތައް ދައްކާލާފައެވެ.

ފުޅަދޫ ސްކޫލްގެ އިތުރުން “ފަރުކޮއި” ޕްރޮގްރާމް ފުރިހަމަކޮށްފައި ވަނީ ވިލިނގިލީ މުހްޔިއްދީން ސްކޫލާއި އަތޮޅުތެރޭގެފަސް ސްކޫލަކުންނެވެ. އޭގެ ތެރޭގައި ށ. ނޫމަރާއި ސްކޫލާއި  ދ. ރިނބުދޫ ސްކޫލު، ގއ. ކޮނޑޭ ސްކޫލުގެ އިތުރުން ގދ. ދެއްވަދޫ މަދްރަސަތުލް ސުލްތާން މުހައްމަދު ސްކޫލާއި އަދި ގދ. ރަތަފަންދޫ ސްކޫލު ހިމެނެ އެވެ.

ފަރުކޮއި ޕްރޮގްރާމްގެ ދަށުން “ވޮއިސް ފޯ އޯޝަން” ސްކޫލަކަށް ވެވެނީ ދެ ކަމެއް ހާސިލްކޮށްގެންނެވެ. އެގޮތުން ފަރުތައް ދައްކާލުމުގެ އިތުރުން ސްކޫލުތަކުގައި “ސިންގަލް ޔޫސް ޕްލާސްޓިކް” ބޭނުންކުރުން ހުއްޓާލަން ޖެހެ އެވެ.

ފަރުކޮއި ޕްރޮގްރާމް މިހާރު ވެސް ރާއްޖޭގެ ވަރަށް ގިނަ ސްކޫލުތަކުން ދަނީ ހިންގަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top