އޭދަފުށި މޮނިޓަރިން އަށް!

124335337-852223478649009-2041343241036597771-n.jpg

އޭދަފުށި - ފޮޓޯ:ޝަރީފް / ވިޒިޓް އޭދަފުށި

ބ. އޭދަފުށިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވުވެ އެރަށް މޮނިޓަރިންނަށް ލައިފިއެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވަނީ ބަލީގެ އަލާމަތްތައް ފެނިގެން ޑޮކްޓަރަށް ދެއްކި މީހެއް ކަމާއި  އެމީހާއަކީ އުމުރުން 50އަހަރުންމަތީގެ އަންހެނެއްކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

އެމީހާ ޑޮކްތަރަށް ދައްކަން ދިޔައީ މިއަދު މެންދުރު އެވެ. އަދި ނަތީޖާ ލިބުނީ މިއަދު 3:00 ހާއިރު އެވެ.

ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް މިހާރު ކުރިއަށް ދާއިރު އެރަށަށް އަރައި ފޭބުން މިވަގުތަށްވަނީ މަނާކޮށްފައެވެ.

އޭދަފުށިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވުވެފައި މިވަނީ ބ. މާޅޮހުންވެސް ދެ ފަތުރުވެރިން ކޮވިޑް-19 އަށް ޕޮޒިޓިވުވެ އެރަށް މިދިޔަ ހޮނިހިރު ދުވަހު މޮނިޓަރިންނަށް ލައިފައި ވަނިކޮށެވެ.

ކޮވިޑް-19ގެ ކޭސްތައް އަތޮޅުތެރޭގައި އިތުރުވާން ފަށާފައިވާއިރު އިއްޔެ އަތޮޅުތަކުންވަނީ ކޮވިޑް-19 އަށް ޕޮޒިޓިވުވި 70މީހުން ފެނިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top