މަސްދަޅުގެ އަގު ބޮޑެއްނުކުރަން: މިފްކޯ

268456514_2960092600910833_1143966259005791760_n.jpg

ރައީސް ސޯލިހު އަދި މިފްކޯގެ ސީއީއޯ ފައުޒީ

ސޯޝަލް މީޑިއާގެ އެކި ޕްލެޓް ފޯމްތަކުގައި އިއްޔެއިން ފެށިގެން މިފްކޯއިން ވިއްކާ މަސްދަޅުގެ އަގު ބޮޑުކުރަން ނިންމާފައިވާ ކަމަށް ވާހަކަދައްކަމުން އައިނަމަވެސް މަސްދަޅުގެ އަގު ބޮޑު ނުކުރާކަމަށް އެކުންފުނިން ބުނެފިއެވެ.

މިފްކޯ އިން މިއަދު ބުނީ، މިއަދުން ފެށިގެން މަސްދަޅުގެ އަގު ބޮޑުކުރަން ނިންމާފައިވާ ނިންމުން ފަސް ކޮށްައިވާ ކަމަށާއި ރޯދަ މަސް ނިމެން ދެން މި ނިންމުން ދެމެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ.

“މިގޮތަށް ނިންމީ އާންމުންގެ ޝަކުވާތައް ހުރުމާ ގުޅިގެން. އަދި ކުރިއަށް އޮތީ ރޯދަ މަހަށްވުމާއެކު، މަސް ދަޅަކީ ހުރިހާ ގެއެއްގައި ހެން ބޭނުން ކުރާ ޕްރޮޑަކްޓަކަށްވީމަ، ރައްޔިތުންނަށް ލުއި ފަސޭހަ ކުރުމުގެ ގޮތުން މިފްކޯގެ ނިންމުމަށް އަމަލު ކުރަން ފަސް ކުރީ،” މިފްކޯގެ އޮފިޝަލަކު ވިދާޅުވިއެވެ.

މިއަދުން ފެށިގެން މަސް ދަޅު އަގު ބޮޑު ކުރަން ނިންމީ ކޭހަކުން 50-60ރ.އާ ދެމެދުގެ އަގެއްގައެވެ.

ބާޒާރުގައި 48 ދަޅުގެ ތެޔޮ މަސްދަޅު ކޭހެއް މިހާރު 610ރ. އަށް ލިބޭ އިރު، 24 ދަޅުގެ ކުޑަ ކޭހެއް ލިބެނީ 305ރ. އަށެވެ.

މިފްކޯ އިން މިގޮތަށް ނިންމި ނަމަވެސް މަސްވެރިން އަތުން މިފްކޯއަށް މަސް ގަންނަ އަގު 17 ރުފިޔާ އަށް މިއަދުން ފެށިގެން ވަނީ ބޮޑުކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top