މަސް ގަންނަ އަގު، ކިލޯއަކުން އެއް ރުފިޔާ ބޮޑުކޮށްފި

Masverijge-dhuvas.jpg

ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް މަސް ގަންނަ އަގު ކިލޯއަކުން އެއްރުފިޔާ ބޮޑުކޮށްފި އެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވީ 1.5 ކިލޯއިން މަތީގެ ކަނޑުމަހާއި ކަންނެލި މިހާރު ގަންނަނީ 17 ރުފިޔާއަށް ކަމަށާއި ކުރިން ގަންނަމުން އައީ 16 ރުފިޔާއަށް ކަމަށެވެ. އަދި އައިސް އެޅި، މަސް ގަންނަމުން އައީ 14 ރުފިޔާއަށް ކަމަށާއި މީގެއަގު 15 އަށް ބޮޑުކޮށްފައިވާ ކަމަށް ފައުޒީ ވިދާޅުވިއެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަސްވެރިން އަތުން މިފްކޯއަށް މަސް ގަންނަ އަގު 17 ރުފިޔާ އަށް މިއަދުން ފެށިގެން ބޮޑުކޮށްފައިވާ ކަމަށެވެ. އަދި މިފްކޯގެ ހިންގުން ހަރުދަނާ ކުރެވި ހަރަދުތައް ވެސް ކުޑަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top