ފަސްމުގޫ ރޯދަ ސޭލް. ގިނަ އިނާމުތަކަކާއެކު މިފަހަރު ތަފާތުވާނެ.

DSCN2177.jpg

އޭދަފުށީ ފަސްމުގޫ ފިހާރަ.- ފޮޓޯ :އީވީ

ކޮމްމެ އަހަރަކުވެސް އޭދަފުށީ ފަސްމުގޫ ފިހާރައިން ކުރިއަށް ގެންދާ ރޯދަ ސޭލް މިއަހަރު ތަފާތުވެފައި އިނާމްތައް ވެސް ބޮޑެތިވާނެ ކަމުގައި ފަސްމުގޫ ގްރޫޕުން ބުނެފިއެވެ.

މިއަދުން ފެށިގެން އަންނަ ޖޫން މަހުގެ 15 އާ ހަމައަށް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ މި ސޭލްގައި ރޯދަ އަށް ބޭނުންވާ ހުރިހާ ސާމާނެއް ލިބެން ހުންނާނެ ކަމުގައި ފަސްމުގޫ ފިހާރައިން ބުނެއެވެ.

“އެހެން އަހަރުތަކާ ހުރި ތަފާތަކީ މިއަހަރު އަޅުގަނޑުމެން ވާނީ ޚާއްސަ އިނާމެއް ތައާރަފް ކޮށްފައި. އެއީ މުޅިން ވަކިން ގުރުއަތު ނަގައިގެން ހޮވާ ފަރާތަކަށް 25000 ރުފިޔާގެ އަގުހުރި ބެޑްރޫމް ސެޓެއް ލިބޭ އިނާމެއް. ” ފަސްމުގޫ ކޮމްޕެނީގެ ޑިރެކްޓަރ އިސްމާއީލް ޝަހީމް އީވީ އަށް ރޯދަސޭލްގެ މައުލޫމާތު ދެމުން ވިދާޅުވިއެވެ.

ބ. އަތޮޅުގައި އެންމެ ފުޅާ ދާއިރާއެއްގައި ހޯލްސޭލް އަދި ރިޓޭލް ވިޔަފާރި ކުރަމުން ގެެންދާ ފަސްމުގޫ  ގްރޫޕުން ހިންގާ ފަސްމުގޫ ފިހާރައާއި ފަސްމުގޫ ބިލްޑް ވެއަރއިން 200ރ. އިން މަތީގެ ވިޔަފާރި ކުރާ ކޮންމެ މީހަކަށްވެސް  މިސޭލްގައި ބައިވެރިވެވޭނެ އެވެ.

ރޯދަ ސޭލުގެ އެއްވަނަ އިނާމަކީ 15،000ރ. އެވެ. ދެވަނަ އިނާމަކީ10،000ރ. އެވެ. ތިންވަނަ އިނާމަކަށް ދޭން ކަނޑައަޅާފައިވަނީ 5000ރ. އެވެ. މީގެ އިތުރުން ހަތް މީހަކު ހޮވައި ކޮންމެ މީހަކަށް އަގުހުރި ތަފާތު ތަކެތި ދިނުމަށް ވެސް ވަނީ ނިންމާފަ އެވެ.

”ރޯދައަށް ޚާއްސަކޮށް ބޭނުންވާ ވަރަށް ގިނަ ސާމާނު މިހާރު އެހެރީ ގެނެސްފަ. އޭގެ ތެރޭގައި ބަދިގެއާއި ގޭތެރެއަށް ބޭނުންވާ އެއްޗެތީގެ އިތުރުން ކާބޯތަކެތިވެސް ހުންނާނީ ރޯދައަށް ޚާއްސަ އަގުތަކެއްގައި ވަރަށް ބޮޑަށް ދަށްކޮށްފައި. ” އިސްމާލު ވިދާޅުވިއެވެ.

ގުރުއަތު ނެގުން މިއަހަރުވެސް ފާހަގަ ކުރާނީ ކުރާނީ މިދިޔަ އަހަރު ފަދައިން ބޮޑު ޝޯއަކާއެކު ގައި ކަމަށް އިސްމާލު ވިދާޅުވިއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top