ފުލުހުންގެ އެހީގައި ޓެކްސްޓު ފޮތްތައް ހަތް އަތޮޅަކަށް ފޯރުކޮށްދީފި

ކހ.jpg

ފުލުހުންގެ އެހީގައި ރާއްޖޭގެ ހަތް އަތޮޅަކަށް ޓެކްސްޓު ފޮތްތައް ފޯރުކޮށްދީފި އެވެ.

ފުލުހުން ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ އެދުމުގެ މަތިން ސްކޫލު ކުދިންގެ ޓެކްސްޓު ފޮތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް މިދިޔަ ހަފްތާއިން ފެށިގެން ކުރިއަށް ގެންގޮސްފަ އެވެ. މޫސުން ގޯސްވުމުގެ ސަބަބުން އިއްޔެ ސްކޫލު ހުޅުވުނުއިރު ހުރިހާ ސްކޫލުތަކަށް ފޮތްތައް ފޯރުކޮށް ނުދެވުނު ނަމަވެސް ފުލުހުން ބުނީ ޖުމްލަ ހަތް އަތޮޅަކަށް ފޮތްތައް ގެންގޮސްފައިވާ ކަމަށެވެ.

އެގޮތުން ހއ. ހދ. ށ. ނ. ޅ. ފުވައްމުލައް ސިޓީގެ އިތުރުން އައްޑޫ ސިޓީއަށްވެސް ފޮތްތައް ފޯރުކޮށްދިނީ ފުލުހުންނެވެ. މި އަތޮޅުތަކަށް ޖުމްލަ 2194 ފޮށިގަނޑުގައި 26.3 ޓަނުގެ ފޮތް އުފުލާފައިވާކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ސްކޫލުތަކަށް ފޮތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކާމިޔާބު ކަމާއިއެކު މިހާރު ނިންމާލާފައިވާ ކަމަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top