ކޮވިޑްގައި މަރުވާ ބޭރުމީހުން ރާއްޖޭގައި ވަޅުލުމަށް މައުމޫންގެ ތާއީދެއްނެތް

vjXKayKwxkBmjo6GMXLsvgHJzsxf2tExfhRxfQN7.jpeg

ޑީއާރުޕީގެ ބާނީ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް

ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ ހަށިތައް ރާއްޖެގެނެސް ރާއްޖޭގައިވަޅުލަން ތާއީދު ނުކުރައްވާ ކަމަށް ކުރީގެ ރައީސް އަދި ދީނީ އިލްމްވެރިޔާ މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެގެން ސްރީލަންކާއިން މަރުވާ މީހުން ވަޅުލުމުގެ ބަދަލުގައި އެގައުމުގެ މުސްލިމުންގެ ނުރުހުމުގައި ސަރުކާރުން އަންނަނީ މުސްލިމުންގެ ހަށިގަނޑުތައް އަންދަމުންނެވެ. މިކަމާހުރެ އެގައުމުގެ މުސްލިމުންގެ މެދުގައި ވަނީ ހިތްހަމަނުޖެހުން ބޮޑުވެފަ އެވެ.

އެހެންވެ، އިސްލާމީ އުސޫލުތަކާ އެއްގޮތަށް ލަންކާ މުސްލިމުންގެ ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް އެގައުމުގެ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާތީ އެ ގައުމުން ވަނީ ރާއްޖޭގައި ލަންކާ މުސްލިމުން ވަޅުލަން ދިވެހި ސަރުކާރުގެ އެހީއަށް އެދިފަ އެވެ. އަދި ދިވެހި ސަރުކާރުން ދަނީ އެކަމާ މަޝްވަރާ ކުރަމުން ދާކަމަށް ބުނެފައެވެ.

އެކަމާ ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގައި މައުމޫން ވިދާޅުވީ، ރާއްޖެއަށް ޒިޔާރަތްކުރާ ހުރިހާ ފަރާތްތަކަށްވެސް ހޫނު މަރުޙަބާއެއް ކިޔާކަމަށެވެ. އަދި ވަކި ގައުމެއް ދީނެއް ތަފާތު ނުކޮށް އެ ހުރިހާ ފަރާތްތަކަށްވެސް މިގައުމުން އަމާންކަން އެދޭކަމަށެވެ. އެހެންނަމަވެސް ކޮވިޑް ޖެހިގެން މަރުވާ ބިދޭސީން ރާއްޖެ ގެނެސް ވަޅުލުމަކީ ތާއީދުކުރެވޭ ކަމެއް ނޫންކަމަށް މައުމޫން ވިދާޅުވިއެވެ.

ސަރުކާރުން މިކަމާ މަޗްވަރާ ކުރަމުންދާއިރު މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވީ، އަވައްޓެރި ސްރީލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މުސްލިމުނަށް އެހީވާން ސަރުކާރުން ނިންމެވުމަކީ ވަރަށް ރަނގަޅު ނިންމެވުމެއްކަމަށެވެ.

ފޮރިން މިނިސްޓްރީއިން މިއަދު ބުނެފައި ވަނީ، އިސްލާމީ އުޚުއްވަތްތެރިކަން ދެމެހެއްޓުމުގެ މަތިވެރި މަގްސަދުގައި، އަދި ރާއްޖެއާ ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް ރިއާޔަތްކުރައްވައި، ލަންކާއިން އެދިފައިވާ ކަންކަން އިންތިޒާމް ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާކުރައްވަމުން އަންނަ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top