ބ. އަތޮޅުގެ ހަތް ފިނޮޅަކާއި ފަރެއް ކުއްޔަށް ދޫކުރަނީ

large_156135745723q4bD.png

ބ. އިންނަފުށި

ބ އަތޮޅުގެ ހަތް ފިނޮޅަކާއި ފަރެއް ކުއްޔަށް ދޭން ބ.އަތޮޅު ކައުންސިލުން ނިންމައިފި އެވެ.

މި ފިނޮޅުތަކާއި ފަރު ކުއްޔަށް ދޭން ނިންމީ އެތަންތަން ކުއްޔަށް ދީގެން އާމްދަނީ ހޯދުމަށް ކަމަށް އަތޮޅު ކައުންސިލުން ހާމަކުރިއެވެ.

ބައެއް މީޑިއާ ތަކަށް މައުލޫމާތު ދެއްވަމުން ބ. އަތޮޅު ކައުންސިލްގެ ރައީސް އަހްމަދު އަފްރާހު ވިދާޅުވީ، ބ. އަތޮޅުގެ ފިނޮޅުތައް ކުއްޔަށް ދޫކޮށްގެން މާލީގޮތުން ކައުންސިލަށް އާމްދަނީއެއް ލިބޭނެ ގޮތްތަކެއް ހޯދުމަށްޓަކައި މަޝްވަރާ ކުރުމަށްފަހު ހަތް ފިނޮޅެއް ކުއްޔަށް ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.

ކުއްޔަށް ދޫކުރަން ނިންމާފައިވާ ފިނޮޅުތަކަކީ ގިރާވަރު ދެ ފިނޮޅާއި، ވިލިނގިލި ފަރު ފިނޮޅާއި، ހޮރުބަދޫ ބިންމަތި ފަރުފިނޮޅާއި، ދޫގަނޑު ފިނޮޅު އަދި ނުރަ އުފުރިފަރު ފިނޮޅުގެ އިތުރުން ކަށިދުއްފަރު ފިނޮޅެވެ. މީގެ ތެރެއިން ފަސް ފިނޮޅެއް ކުއްޔަށް ނަގާނެ ބަޔަކު ހަމަޖެހި ބިޑް ކޮށްފައިވާ ކަމަށާއި މިހާރު އެއްބަސްވުން އެކުލަވާލުމުގެ ފަހު މަރުހަލާތަކުގެ މަސައްކަތްތައް ކުރިއަށްދާ ކަމުގައިވެސް އޭނާ ވިދާޅުވި އެވެ.

“މި ފަސް ފިނޮޅުން އަހަރަކު 2.8 މިލިއަން ރުފިޔާގެ އާމްދަނީ އެއް ލިބޭނެ” އަފްރާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮންމެ ފިނޮޅެއް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ. އަދި ފަރުތައް ދޫކުރަނީ 25 އަހަރުގެ މުއްދަތަކަށެވެ.

ބ. އަތޮޅުގައި މިހާރު 17 ރިސޯޓެއް ހިންގަމުންދާއިރު މި ރިސޯޓުތަކުން އަތޮޅަށާއި ރައްޔިތުންނަށް ލިބެންޖެހޭ ފައިދާ އެންމެ އެދެވޭ ގޮތުގައި ނުލިބޭ ކަންވެސް އަފްރާާހު ފާހަގަކުރެއްވި އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top