ފުޅަދުއަށް ގޮތްނޭނގޭ ޕެކެޓްތަކެއް ލައްގައިފި

ފުލހަދހޮޮ.jpg

ބ.ފުޅަދޫ --އީވީ ފޮޓޯ

ބ.ފުޅަދުއަށް ގޮތް ނޭނގޭ ޕެކެޓްތަކެއް ލައްގައިފި އެވެ.

މި ޕެކެޓްތައް މިހާރުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ފުލުހުން ވިދާޅުވީ އެތަކެތި މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި، އޭގައި ހުރީ ކޮން އެއްޗެއްކަން ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

ފުޅަދޫ ކައުންސިލް މެންބަރު އަހުމަދު އާސިފް ވިދާޅުވީ ގޮތް ނޭނގޭ 10 ޕެކެޓެއް މިއަދު ހެނދުނު 7:30 ހާއިރު އެ ރަށު ގޮނޑު ދޮށަށް ލެއްގި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އޭގެ ފަހުން ގޮއިދޫ އާއި އޭދަފުށިން ފުލުހުން އައިސް އެ ތަކެތި އެ މުއައްސަސާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޕެކެޓު ތަކުގެ ތެރޭގައި މަސްތުވާތަކެތީގެ ތިން ބާވަތެއް ހިމެނޭ ކަމަށް ޝައްކު ކުރެވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top