މުދަލު ޒަކާތުގެ ގޮތުގައި މީހަކަށް 3،500 ރުފިޔާ

big_aoiQiOflRQUide4A3QHf1p5qD.jpg

އިސްލާމިކް މިނިސްޓްރީން ޒަކާތް ބަލައިގަންނަނީ--ފޮޓޯ: އަވަސް

މިއަހަރުގެ މުދަލު ޒަކާތުގެ ގޮތުގައި ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ 7،657 މީހުންނަށް ކޮންމެ މީހަކަށް 3،500 ރުފިޔާގެ ރޭޓުން ފައިސާ ޖަމާކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ފަގީރުންނާއި މިސްކީނުންނަށް 26.7 މިލިއަން ރުފިޔާ އެމީހުންގެ އެކައުންޓްތަކަށް އިއްޔެ ޖަމާކޮށްފައިވާ ކަމަށެވެ.

މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސޯބަށް އިސްލާމިކް މިނިސްޓްރީން އެންމެ ފަހުން ބަދަލު ގެނައީ މިއަހަރުގެ މޭ މަހު އެވެ. މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސޯބުގެ އަދަދުގެ ގޮތުގައި ކަނޑައަޅާފައިވަނީ 7،312.55 ރުފިޔާ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top