ހުރިހާ ރަށަކަށް ޑިޖިޓަލް ލައިސަންސް

Fuj5f9gaIAEFwVg.jpeg

ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެން ވިޔަސް ޑިޖިޓަލް ލައިސަންސްގެ ހިދުމަތް ހޯދޭނެ އިންތިޒާމު ޓްރާންސްޕޯޓް މިނިސްޓްރީން ހަމަޖައްސައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ސިމްސް އޮންލައިން ޕޯޓަލް މެދުވެރިކޮށް މިދިޔަ ފެބްރުއަރީ މަހުން ފެށިގެން މިހާތަނަށް 25،000 އެޕްލިކޭޝަނަށް ޑިޖިޓަލް ލައިސަންސްގެ ހިދުމަތް ދީފައިވާ ކަމަށެވެ.

މިއީ އަލަށް ތައާރަފް ކުރެވުނު ޕޯޓަލަކަށް ވުމުން ބައެއް ހާލަތްތަކުގައި އެކިއެކި ދަތިތަކާއި ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއްކަމަށާއި ނަމަވެސް ދިމާވާ މައްސަލަތައް މަސައްކަތް ކުރާކަމަށް އެމިނިސްޓްރީން ބުނެއެވެ.

ސިމްސްގެ މެދުވެރިކޮށް އަތޮޅުތަކުގައި “އޭ” ޒޯން ލައިސަންސް ދިނުމަށް ކަނޑައަޅާފައިވާ ހުރިހާ ކައުންސިލްތަކުން ވެސް އެ ހިދުމަތް ދޭން ފަށާފައިވާ ކަމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.

ސިމްސް ޕޯޓަލަކީ އީ ފާސް އެކައުންޓް ބޭނުންކޮށްގެން ފަސޭހަކަމާއެކު ޚިދުމަތް ހޯދޭ ގޮތަށް ފަރުމާކޮށްފައިވާ އެއްޗެކެވެ.

ބ. އަތޮޅުކައުންސިލުން ވެސް މި ޚިދުމަތް ދޭން ފަށާފައިވާ ކަމަށް އަތޮޅު ކައުންސިލުން މައުލޫމާތު ދެއްވި އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top