އޭދަފުށީގެ ކޮވިޑް ނަންބަރުތަކުން ހިތްހަމަޖެހުން

IMG_20210218_164116471.jpg

އޭދަފުށި ބަނދަރުމަތި

އޭދަފުށީގައި މީގެ 35 ދުވަސް ކުރިން ކޮވިޑް ބަލި މީހަކު ފެނުނު ފަހުން ކޮންމެ ދުވަހަކީވެސް ރަށުގެ ނިސްބަތުން ގިނަ ބަޔަކު މި ބައްޔަށް ޕޮޒިޓިވް ވަމުން އައި ދުވަސް ތަކެކެވެ. މިއީ އޭގެ ޒާތުގައިވެސް ގައިން ގަޔަށް އެރުން ފަސޭހަ އަދި އަވަހަށް ފެތުރިގެންދާ ވަބާއަކަށް ވާތީ ރަށް ބަންދުކޮށް ވަކި ގަޑިތަކެއްގައި ގެއިން ބޭރަށް ނުފެވޭ ގޮތަށް ކާފިއު ހިންގަންޖެހުނީ އެހެންވެގެންނެވެ.

ހަމައެއާއެކު މި ވަބާއިން ރައްކާތެރިވުމުގެ ގޮތުން މާސްކު ނާޅައި ބޭރަށް ނުދިއުމާ ގައިދުރުކޮށް އުޅުމާއި ވަކި މިންގަނޑެއްގައި ދިރިއުޅުމުގެ އާދަތައް ގެންގުޅުމުގައި އޭދަފުށީ ރައްޔިތުން އައީ ނަމޫނާ ދައްކަމުންނެވެ.

ބަލި ޖެހޭ މީހުންގެ އަދަދު ދަށްވަމުން އައިސް ފާއިތުވި ދެދުވަހު އޭދަފުށިން ކޮވިޑް -19 އަށް ޕޮޒިޓިވް މީހަކު ނުފެނުނީ މި ކަނަކަމަށް މި މަގުން އަމަލު ކުރީމައޭ ބުނާ ހިތްވެއެވެ.

އެެހެން ނަމަވެސް މިއީ ހަގިގީ އަދަދުތަކެއް ކަމަށްް ބެލުމުގެ ބަދަލުގައި އަދިވެސް ރަށުގައި ކޮވިޑްގެ އަދަދުތަކަށް ގެއްލިފައި ހުރި މީހަކު ހުރުމަކީ އެކަށީގެންވާ ކަމެކެވެ. އެހެން ނޫނަސް މުޅި ރާއްޖޭގެ ވަށައިގެންހުރި ރަށްރަށާއި ފުރަމާލޭގައި ހެސްކިޔާފައި ކޮވިޑް އެބައޮތެވެ. ކޮންމެ ދުވަހަކު މާލުއިން މި ބަލި ފެންނަ އަދަދު ހާހުން ދޮޅުހާހަށް އަރައިގެން ހިނގައްޖެއެވެ. އިއްޔެ އެކަނި 13 މީހުން މި އާލަމީ ވަބާގައި ދުނިޔެ ދޫކޮށް ހިނގައްޖެ އެވެ. މިއިން ބުނެދެނީ މި ބަލީގެ ނުރައްކަލާއި ބިރުވެރިކަމެވެ.

އެހެންވީމާ އިއްޔެއާއި އިހަށް ދުވަހު އޭދަފުށިން ޕޮޒިޓިވް މީހަކު ނުފެނުމަކީ އަދަދުތަކުން ހިތްހަމަޖެހުން ލިބޭ ކަމަކަށްވިޔަސް ރަށުގައި ކޮވިޑް ނެތްކަމަށް ނުވަތަ ކޮވީޑް ފެތުރުން ހުއްޓިއްޖެކަމަށް ނިންމަންޖެހޭ ސަބަބެއް ނޫނެވެ.

ކޮންމެ ރައްޔިތަކުވެސް ގަބޫލު ކުރަންޖެހޭނީ ރާއްޖޭގައި ޚާއްސަކޮށް މާލޭގައި ކޮވިޑް ބަލި ކޮންޓްރޯލް ނުވެ އިތުރުވަމުން ދާނަމަ ކޮންމެ ވަގުތަކުވެސް އަހަރެމެންގެ ތެރެއަށް އަތުވެދާނެ ކަމެވެ. ސަރުކާރުގެ ސިޔާސަތު ބިނާ ވެފައި އޮންނަނީ މާލެއާއި ނުލައި އެއްވެސް ރަށަކަށް ދިރިއުޅުމުގެ އެންމެ ޒަރޫރީ ބޭނުންތައްވެސް ނުފުއްދޭ ގޮތަށެވެ. އެހެންކަމުން ރަށްރަށް މިއޮންނަނީ މައުނަވީ ގޮތުން މާލެއާއި ގުޅި ލާމެހިފައެވެ. މާލޭގައި ރޯގާއެއް އުޅޭނަމަ ރަށަށް އެރޯގާއެއް ނައުމަކީ ނުވެ ނުދާނެ ކަމެއްކަމަށް ބަލަމާ ހިނގާށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top