ރިޝްވަތުުގެ ސަބަބުން ވަގުތީ އުފަލެއް ލިބުނަސް، ފަހުން ލިބޭ ގެއްލުން މާ ބޮޑުވާނެ

DSCN9428-800x468-800x468.jpg

އޭދަފުށީ ބޮޑު މިސްކިތް --އީވީ ފޮޓޯ

ރިޝްވަތުުގެ ސަބަބުން ވަގުތީ އުފަލެއް ލިބުނު ނަމަވެސް، އެކަމުގެ ސަބަބުން ފަހުން ލިބޭ ގެއްލުމާ ހަލާކު މާ ބޮޑުވާނެކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.

ޚުތުބާގައި ބުނީ، ރިޝްވަތަކީ ހައްގުނޫން ގޮތަކަށް ކަމެއް ނުވަތަ އެއްޗެއް ލިބިގަތުމަށް ނުވަތަ ހޯދައި ދިނުމަށް ދެވޭ ކޮންމެވެސް އެއްޗެއް ކަމަށެވެ. ތިމާ ނުވަތަ މީހަކު ކަމަކުން ސަލާމަތްވުމަށް ދޭ ފައިސާ ވެސް ވާނީ ރިޝްވަތަށެވެ. އަދި ހައްގު ނޫން ފަރާތަކަށް މަންފާއެއް ހޯދައިދިނުމަށް ދޭ ކޮންމެ އެއްޗެއް ވެސް ވާނީ ރިޝްވަތަށް ކަމަށް ޚުތުބާގައި ބުންޏެވެ.

ހަމަ އެހެންމެ ދުނިޔެއަށް ފެތުރިފައިވާ ބޮޑެތި ވަބާތަކުގެ ތެރެއިން ފޮހެލަން އެންމެ އުނދަގޫ އެއް ވަބާއަކީ ރިޝްވަތުގެ ވަބާކަމަށް ވެސް ޚުތުބާގައި ބުނެފައި ވެއެވެ.

ރާއްޖެވެސް ރިޝްވަތުގެ ވަބާގައި ޖެހިފައިވާކަމަށާއި ގާނޫނުތައް ތަންފީޒުކުރުމުގައާއި، ބޭނުންތައް ހާސިލްކުރުމުގައި ރިޝްވަތު ހިމަނާކަން ޚުތުބާގައި ފާހަގަކުރިއެވެ.

ރިޝްވަތުގެ ސަބަބުން ކުރިއަށް އޮތް ޖީލުތަކަށް އެކަމުގެ ނުބައި އަސަރު ކުރާނެކަމަށް ޚުތުބާގައި ބުންޏެވެ. އެގޮތުން ރިޝްވަތުގެ ސަބަބުން އަންނަން އޮތް ޖީލުތަކުގެ ކުރިއެރުމާއި ތަރައްގީ އަރައިނުގަނެވޭފަދަ ވަޅުގަނޑަކަށް ވެއްޓިދާނެކަމަށް ޚުތުބާގައި ބުންޏެވެ.

“ރިޝްވަތަކީ ކަނޑައެޅިގެން ހަރާމް އެއްޗެއްކަން ބަޔާންކުރައްވާ ﷲ ކީރިތި ޤުރުއާނުގައި ބަޔާންކުރަށްވާފައިވެއެވެ. އެއީ ދޮގުބަސް އަހާ މީހުނެވެ. ހަރާމް މުދާ ގިނަގިނައިން ކާ މީހުނެވެ،”

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top