ޒުވާނުންނަށް ކޮވިޑް ވެކްސިން ލިބޭނީ 2022 ގައި!

covid-vaccine-update_2.jpg

ސިއްހަތު ރަނގަޅު ޒުވާނުންނަށް ކޮވިޑްގެ ވެކްސިން ލިބޭނީ 2022 ވަނަ އަހަރު ކަމަށް ޑަބްލިއުއެޗްއޯގެ ޗީފް ސައިންޓިސްޓު ބުނެފި އެވެ.

ޑަބްލިއުއެޗްއޯގެ ޗީފް ސައިންޓިސްޓު ސޯމްޔާ ސްވަމިނަތަން ބުނީ ވެކްސިން ދިނުމުގައި އެންމެ އިސްކަމެއް ދޭނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ އިތުރުން ރިސްކު ބޮޑު މީހުންނަށް ކަމަށެވެ.

ސޯމްޔާ ވަނީ ވެކްސިންތަކުގެ މަސައްކަތް ބާރަށް ކުރިޔަށް ދިޔަ ކަމުގައިވިޔަސް ޓެސްޓުތައް ނިމި ގިނަ ބަޔަކަށް ވެކްސިން ލިބުމަށް އަދި ދުވަސް ނަގާނެކަން ފާހަގަކޮށްފައެވެ.

އަދި ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ދިޔަކަމުގައި ވީނަމަވެސް، ރައްކާތެރި ވެކްސިންއެއް އުފެއްދިއްޖެ ހާލަތެއްގައި، އެންމެ ފުރަތަމަ ވެކްސިން ދެވޭނީ ކޮއް ބަޔަކަށްކަން ކަނޑައެޅުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށް ކަމަށް އޭނާ ވިދާޅުވި އެވެ.

”ގިނަ މީހުން އިއްތިފާގުވާ ގޮތުގައި، އެންމެ ފުރަތަމަ ވެކްސިން ލިބެން ޖެހޭނީ ސިއްހީ ހިދުމަތްތެރިންނަށް، އެހެންނަމަވެސް އެމީހުން ތެރެއިންވެސް އެންމެ ހައި ރިސްކު މީހުންނަކީ ކޮބައިކަން ކަނޑައަޅަންޖެހޭ، ދެން އުމުރުން ދުވަސްވީ މީހުން، ދެން އޭގެ ދަށުން އަންނަ މީހުން“ ސްވަމިނަންތަ ބުންޔެވެ.

މީގެ އިތުރުން އޭނާ ބުނެފައިވަނީ ”ގައިޑެންސްތައް ނެރޭނެ، ނަމަވެސް އަހަރެންނަށް ހީވަނީ އާހަދިގެ މީހެއް، ސިއްހަތު ރަނގަޅު ޒުވާނުން 2022 ވަނަ އަހަރު އަންނަންދެން ޖެހިދާނެ މަޑު ކުރަން ކޮވިޑް-19 އިން ރައްކާތެރިވާ ވެކްސިން ޖަހަން“

ޗައިނާއިން ކޮވިޑްގެ ކޭސްތައް ފެންނަން ފެށުމާއެކު ދުނިޔޭގެ ގިނަ ގައުމުތަކަކުން ވަނީ ކޮވިޑާ ދެކޮޅަށް ވެކްސިން އެއް ތައްޔާރު ކުރުމުގެ މަސައްކަތް ފަށާފައެވެ.

މިހާރު އެކި މަރުހަލާތަކުގައި 100 އަށްވުރެ ގިނަ ވެކްސިން ހުރި ނަމަވެސް، ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާއިން ހުއްދަ ދީ ފާސްކޮށްގެން ދުނިޔޭގެ އާބާދީއަށް ދިނުން ހުއްދަ ކުރާ އެއްވެސް ވެކްސިނެއް އަދި ނެތެވެ. ދުނިޔޭގެ ބައެއް ގައުމު ތަކުގައި އެގައުމުތަކުން އުފެއްދި ވެކްސިން އަމިއްލަ ގައުމުގެ ރައްޔިތުންގެ ހަށިގަނޑަށް ޖެހުމުގެ ހުއްދަ ވަނީ ދީފަ އެވެ. އޭގެ ތެރޭގައި ރަޝިއާ ހިމެނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top