7މަސްވަންދެން ދަރިވަރުން ގްރޭޑް ބަދަލުނުވެ ތިބެންޖެހޭތީ ޕެޓިޝަނެއް!

DSCN7011-1.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ކޮޅެއް --އީވީ ފައިލް ފޮޓޯ

ދަރިވަރުން 7 މަސް ވަންދެން ތިބި ގްރޭޑުގައި މަޑުކުރަންޖެހޭތީ ބެލެނިވެރިން ހިތްހަމަ ނުޖެހި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޕެޓިޝަނެއް ހުށަހަޅަން ތައްޔާރުވެއްޖެއެވެ.

ދަޕްރެސް ގައިވާ ގޮތުން މި ޕެޓިޝަނުގައި ބުނަނީ ސްކޫލްތަކުގައި ކިޔަވައިދޭ މުގައްރަރަކީ ވަރަށް ގިނަ ދިރާސާ ތަކަކާއެކު ކުދިންގެ އުމުރު ފުރާއާއި ގުޅޭގޮތަށް ތައްޔާރުކޮށްފައި އޮންނަ އެއްޗެއް ކަމަށެވެ. އަދި ދަރިވަރުންގެ ތައުލީމީ އުމަރަކީ އެ ކުދިންގެ މުޅި މުސްތަގްބަލާ ގުޅިފައިވާ އެއްޗެއް ކަަމަށް ޕެޓިޝަނުގައި ބުނެފައިވެ އެވެ.

ޕެޓީޝަނުގައި އިތުރަށް ބުނަނީ ސަރުކާރުން 2020 ވަނަ އަހަރުގެ ދިރާސީ އަހަރު ނިމޭ ތާރީހް ލަސްކުރުމަށް ނިންމުމުން، ކުރިއަށް އޮތް 9 އަހަރު ކުދިން ގްރޭޑް 10 ނިމޭ އުމުރު 16 އަހަރުގެ ބަދަލުގައި 17 އަހަރަށް ބަދަލުވެގެން ދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް 3 އަހަރު (މިހާރު ނާސަރީ، ޖޭ.ކޭ.ޖީ އަދިއެސް.ކޭ.ޖީ ގައި ކިޔަވާ ދަރިވަރުން)، ގްރޭޑް 1 ވައްދާ އުމުރު ފުރާ 8 އަހަރަށް ބޮޑުވެގެން ދާނެ ކަން އެޕެޓިޝަނުގައި ފާހަގަކޮށްފައި ވެއެވެ.

އޭގެ އިތުރުން އެގޮތަށް ދިރާސީ އަހަރު ދިގުލައިގެން ދިއުމުން، ޕްރައިވެޓް ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަށްވެސް އެ ކުދިންގެ ބެލެނިވެރިން އިތުރު 6 މަސްދުވަހަށް ފީ ދައްކަންޖެހޭނެ ކަމަށާއި ސަރުކާރުންވެސް މިހާރު ކިޔަވަމުންދާ ކޮންމެ ކުއްޖަކަށް ކުރަންޖެހޭ ހަރަދު އިތުރު 6 މަސް ދުވަހަށް، ކުރިއަށް އޮތް 9 އަހަރު ކުރަންޖެހޭނެކަން ވަނީ ފާހަގަކޮށްފައެވެ.

”މަތީގައި ދަންނަވާފައިވާ ކަންތައްތައް އެހެން ހުރުމުން، އަޅުގަނޑުމެން މި އެދެނީ 2020 ވަނަ އަހަރުގެ ޖަނަވަރީ މަހު ފެށުނު ސްކޫލް ކުދިންގެ ދިރާސީ އައު އަހަރު 2021 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ނިމޭގޮތަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހަމަޖައްސާފައިވާނަމަ، އެޕޮލިސީ އަލުން މުރާޖައާކޮށް ދެއްވުމަށެވެ.“

އޭގެ އިތުރުން ދިރާސީ އަހަރު ފެށޭ ތާރީޚު ޖޫން ނުވަތަ ޖުލައި މަހަށް ބަދަލުކުރާނަމަ، 2021 ވަނަ އަހަރުގެ ދިރާސީ އައު އަހަރު ޖަނަވަރީ 2021 ގައި ފަށާ، އެ އަހަރުގެ ސްކޫލް ޗުއްޓީ ކުރުކުރުމަށްފަހު، ހާއްސަ ޕްލޭނަކާއެކު ދިރާސީ އަހަރު އެ މުއްދަތުގައި ނިންމުމަށްފަހު، 2021 ވަނަ އަހަރުގެ އޯގަސްޓް މަހު އައު ދިރާސީ އަހުރެއް ފަށާގޮތަށް ހަމަޖެހިއްޖެނަމަ، ކުދިންގެ އުމުރުން އަހަރެއް ގެއްލިގެން ނުދާގޮތަށް، އަދި އިތުރު ހަރަދުތަކެއް ނުކޮށް، ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރެވިގެން ދާނެކަމަށް ވެސް އެޕެޓިޝަނުގައި  ބުނެފައިވެއެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top