ބޮޑުޗުއްޓީ ދުވަސްވަރު ބެންކޮކް ވިސާ ހިލޭކޮށްފި

85284f41716262f88161013e196805f7.jpg

،ދިވެހިން އާއްމުކޮށް ގޮސްއުޅޭ ބެންކޮކް ޕްރަތޫނާމް އޭރިޔާގެ މާކެޓެއް

ވިޔަފާރިއާ ބޭސް ފަރުވާ އަށް އަދި ޗުއްޓީ ހޭދަކުރުމަށް ބެންކޮކަށް ޒިޔާރަތް ކުރާ މީހުންނަށް މިއޮތީ އުފާވެރި ޚަބަރެކެވެ. މިއަހަރުގެ ބޮޑުޗުއްޓީގެ ދުވަސްވަރާ ދިމާކޮށް ބެންކޮކް އޮން އެރައިވަލް ވިސާ ފްރީ ކުރީއެވެ.

ރާއްޖެއާއެކު 21 ގައުމު ހިމެނޭ ގޮތަށް ޑިސެމްބަރ 1އިން ފެށިގެން ޖެނުއަީރީ 31 އާހަމައަށް އިން އެރައިވަލް ވިސާ ހިލޭ ކޮށްފައިވާ އިރު މިހާރު އޮން އެރައިވަލް ވިސާ ފީގެ ގޮތުގައި 2000 ތައިބާތު ނުވަތަ 950 ދިވެހި ރުފިޔާ ވިސާ ފީގެ ގޮތުގައިދައްކަން ޖެހެއެވެ.

ހަމައެކަނި މި ދެމަހަށް ވިސާ ހިލޭ ކޮށްފައިވަނީ ފަތުރުވެރިކަން ކުރިއެރުމަށް އެޅި ފިޔަވަޅެއްގެ ގޮތުން ކަމަށާ 21 ގައުމަކަށް އޮންއެރައިވަލް ވިސާ ދިނުމަށް ކެބިނެޓުން ހަމަޖައްސާފައިވަނީ މި މުއްދަތުގައި 15 ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް އެ ގައުމަށް ޗުއްޓީ ހޭދަކުރަންދާ ފަރާތްތަކަށް ކަމަށެވެ. އެއަށްވުރެ ދިގު މުއްދަތަކަށް ދާނަމަ ވިސާ ހައްދަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ތައިލެންޑަށް ޒިއާރަތް ކުރާ ފަތުރުވެރިންގެ އަދަދު މިދިޔަ ތިން މަސް ދުވަސް ތެރޭގައި ދިހަ އިންސައްތަ އަށް މަދުވެފައިވާ އިރު  އާއަހަރުގެ ބަންދާއި ދިމާކޮށް ފަތުރުވެރިންގެ އަދަދު އިތުރު ކުރަން ތައިލެންޑްގެ ސަރުކާރުން ވަނީ މީގެ އިތުރުންވެސް ގިނަ މަސައްކަތްތަކެއް ކުރަން ނިންމާފައެވެ.

މިކަމުގެ ސަބަބުން ޖެނުއަރީގެ ނިޔަލަށް އެގައުމުމަށް ފަތުރުވެރިން ޒިޔާރަޔްކުރާ މިންވަރު އެހެން އަހަރުތަކާ އަޅާ ބަލާއިރު 30 ޕަސެންޓަށް އިތުރުވާނެ ކަމަށް ތައިލެންޑް ސަރުކާރުން ލަފާ ކުރެއެވެ.

ތައިލެންޑުން ވިސާ ހިލޭކޮށްދީފައިވާ ގައުމުތަކުގެ ތެރޭގައި އިންޑިއާ އާއި ޗައިނާ އަދި ސައޫދީ ވެސް ހިމެނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top