އަންނަ އަހަރު މަޖިލީހަށް ބ.އަތޮޅުން އެއް ގޮނޑި އިތުރުވާނެ!

uorawjmquxwt0b4agmhsd5kkqk9pkdvk2k9vfaz5.jpeg

އަންނަ އަހަރު ހޮވާ ރައްޔިތުންގެ މަޖިލީހަށް ބ.އަތޮޅުން އިތުރު އެއްގޮޑިއާއި އެކު މަޖިލީހަށް ހަ ގޮނޑި އިތުރުކޮށް އިންތިހާބީ ދާއިރާތަކަށް ގެންނަން ޖެހޭ ބަދަލު ގެނެސްފިއެވެ.

މި ބަދަލާއެކު 2024 ގައި އަލަށް އިންތިޚާބު ކުރެވޭ މަޖިލީހުގައި ޖުމްލަ 93 މެންބަރުން ތިއްބަވާނެ އެވެ.

އިލެކްޝަން ކޮމިޝަން (އީސީ)ގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާއި ބެހޭ ގާނޫނު ބަޔާންކުރާގޮތުގެ މަތިން، 2024 ވަނަ އަހަރުގެ މަޖިލީހުގެ އިންތިހާބީ ދާއިރާތަކަށް ގެނެވޭ ބަދަލު މިއަދު ބޭއްވި ކޮމިޝަނުގެ ޖަލްސާ އިން ފާސްކޮށްފައިވާ ކަމަށެވެ.

މީގެ ތެރެއިން ‏މާލޭ ސިޓީ އަށް ދެ ގޮނޑި އިތުުރު ކުރެވޭއިރު، ‏އައްޑޫ ސިޓީ، މާޅޮސްމަޑުލު ދެކުނުބުރި، ‏މާލެއަތޮޅުގެ އިތުރުން، ހުވަދުއަތޮޅު އުތުރުބުރިއަށް އެއް ގޮނޑި އިތުރު ކުރެވެއެވެ.

‏އޭނާ ވިދާޅުވީ، ކޮންމެ އިދާރީ ދާއިރާއެއްގެ ރަޖިސްޓަރީ ކުރެވިފައިވާ ޖުމްލަ އާބާދީގެ އަދަދުތަކުގެ ތަފްސީލް ކޮމިޝަނުން ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބަވަނީ 87 މެންބަރުންނެވެ. އެއީ 2019 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިޚާބުގައި ދެ ގޮނޑި އިތުރުކުރި ފަހުންނެވެ. އަލަށް އިތުރު ކުރި ހަ ގޮނޑިއާއެކު ދެން މަޖިލީހުގައި 93 މެންބަރުން ތިއްބަވާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top