އޭދަފުށީގައި އިމާރާތް ކުރި ކުނިކޮށީގެ މަސައްކަތް ނިމި ހުޅުވަން ތައްޔާރުވަނީ

big_dAtqNzjasHKp5G03YVFDvtDBQ.jpg

އޭދަފުށީގައި އަލަށް ޒަމާނީ ފެންވަރުގައި އިމާރާތްކުރި ކުނިކޮށީގެ މަސައްކަތް ނިމި ހުޅުވަން ތައްޔާރު ވަމުން އަންނަ ކަމަށް އޭދަފުށީ ކައުންސިލުން ބުނެފިއެވެ.

މި ކުނިކޮށިން ކުނި މެނޭޖް ކުރުމުގެ ކަންކަން ހިންގަމުން ގެންދާނީ ޒަމާނީ ފެންވަރުގެ ވަސީލަތްތަކާ އެކުގައި ކަމަށް ކައުންސިލުން މައުލޫމާތު ދެއްވައެވެ.

އެގޮތުން މިހާރު އޭދަފުށީގެ ގެތަކުން ނަގާ ފަނާވާ ޒާތުގެ ކުނި މޫދަށް އުކާލުމުގެ ބަދަލުގައި އެއިން ތައްޔާރު ކުރާނީ ގަސްކާނާ ކަމަށާއި ފަނާނުވާ ޒާތުގެ ކުނި، ގެންދާނީ ކުނި މެނޭޖްކުރުމަށް މި ރީޖަންގައި ގާއިމް ކޮށްފައި ހުންނަ މައި ސެންޓަރު ކަމަށްވާ ރ. ވަންދޫއަށް ކަމަށް އޭދަފުށީ ކައުންސިލުން މައުލޫމާތު ދެއެވެ.

އޭދަފުއްޓަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކޮށްދިނުމަށް ސަރުކާރުން ހިންގި މި މަޝްރޫއަކީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް މެދުވެރިކޮށް، އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އޮސޯސިއޭޝަން – ވާރލްޑް ބޭންކުގެ ހިލޭ އެހީގައި، މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓުން ހިންގި މަޝްރޫއެކެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top