ސިޔާސީ ޕާޓީ ތަކުގެ މެންބަރުންގެ މައުލޫމާތު ހާމަކުރަނީ

big_SNk8Q7XjGGcr5p1I47nnoT6Md.jpg

ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ ލިސްޓު އާއްމުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ހާމަކުރެއްވި ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފްތަރު ކުރެވިފައިވާ ހުރިހާ ސިޔާސީ ޕާޓީތަކެއްގެ މެމްބަރުންގެ ލިސްޓު 01 އޯގަސްޓު 2022 ގައި ކޮމިޝަނުގެ ވެބްސައިޓްގައި އާއްމުކުރުމަށް އެކޮމިޝަނުން މިއަދު ވަނީ ނިންމާފައެވެ.

ޕާޓީ ތަކުގެ މެންބަރުންގެ މައުލޫމާތު ހާމަކުރުމުގެ ބަދަލުގައި އިލެކްޝަންސް ކޮމިޝަނުން މިހާރު ހާމަކުރަނީ އެ ޕާޓީއެއްގައި ތިބޭ ޖުމްލަ މެންބަރުންގެ އަދަދެވެ.

އޭގެ އިތުރުން މިމަހުން ފެށިގެން ޕާޓީތަކަށް ވަންނަ މީހުންގެ މައުލޫމާތު އީސީގެ ވެބްސައިޓުގައި އާއްމުކުރުމަށްވެސް އެ ކޮމިޝަނުން ނިންމިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގު ވިދާޅުވީ ސިޔާސީ ޕާޓީ ތަކުން މެންބަޝިޕް ފޯމް ހުށަހެޅުމުން މިއަދުން ފެށިގެން އެ ފޯމްތަކުގައިވާ މީހާގެ ފުރިހަމަ ނަމާއި އެމީހާގެ އައިޑީކާޑުގެ ފަހު ތިން ނަންބަރު ކޮމިޝަންގެ ވެބްސައިޓްގައި އާންމުކުރުމަށްފަހު ޝަކުވާ ހުށަހަޅަން ހަތް ދުވަހުގެ ފުރުސަތެއް ދީފައި ނޫނީ ޕާޓީ ތަކުން ހުށަަޅާ ފޯމްތައް ކޮމިޝަނުން ބަލައިނުގަންނާނެ ކަމަށެވެ.

“މިވަރަށް މައުލޫމާތު ހިމަނާފައި އާންމުކުރީމާ އެ މީހަކަށް އެނގޭނެ އެއީ އޭނާގެ މައުލޫމާތު ކަމަށް. އޭރުން އަޅުގަނޑުމެން މި ދޭ މުއްދަތުގައި ޝަކުވާ ހުށަހެޅީމާ އަޅުގަނޑުމެން އެ ޝަކުވާއެއް ޕާޓީ ތަކަށް ފޮނުވާނަން،” ފުވާދު ވިދާޅުވި އެވެ.

ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ދަފްތަރުގެ ސައްހަކަން އިތުރަށް ކަށަވަރު ކުރުމަށްޓަކައި، މިމަހުން ފެށިގެން ޕާޓީތަކަށް ވަންނަ މީހުންގެ މައުލޫމާތު އީސީގެ ވެބްސައިޓުގައި އާންމުކުރުމުގެ އިތުރުން އެމީހަކަށްވެސް މެސެޖަކުން އެކަން އަންގަން ކޮމިޝަނުން މިއަދު ނިންމައިފައިވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންސްގެ މި ބަދަލާއެކު ޕާޓީތަކުގެ މެމްބަރުންގެ ދަފްތަރު އާއްމުކޮށް ފެންނަން ހުންނާނެ އެވެ. އެއާއެކު އޮޅުވާލައިގެން ޕާޓީތަކުގެ ފޯމް ފުރައި ރަޖިސްޓަރ ކުރުމުގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެން ދާނެ ކަމަށް ބެލެވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top