ހުޅުމާލޭގެ ބިން ހިލޭ ދިނުމަކީ ސަރުކާރުން ހިންގާނެ އެންމެ ބޮޑުޖަރީމާ: އެމްޕީ. އަލީ

big_RnrK3fiDk1rRIZdSe7shEHOsD.jpeg

ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެން

ހުޅުމާލޭގެ ބިން ހިލޭ ދިނުމަކީ މި ސަރުކާރުން މިހާތަނަށް ހިންގާނެ އެންމެ ބޮޑުޖަރީމާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެން ވިދާޅުވެއްޖެ އެވެ.

އަލީ ހުސެން މިހެން ވިދާޅުވީ ހުޅުމާލެއިން 1000 ގޯއްޗާއި ގުޅީފަޅު ހިއްކައިގެން އެ ސަރަހައްދުން 2000 ގޯތި ދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާތީ އެކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

އަލީ ވަނީ މީގެ ކުރިންވެސް މިކަމާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ހުޅުމާލެ އާއި ގުޅީފަޅުން ގޯތި ދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި މާލޭ މީހުންނަށެވެ.

ރޭ، އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުޅުމާލޭގެ ބިން ވަކި ބަޔަކަށް ހިލޭދިނުމަކީ މިވީހާތަނަށް ފާޅުގައި ސަރުކާރަކުން ހިންގާނެ އެންމެ ބޮޑު ޖަރީމާ ކަމަށެވެ. ދުނިޔޭގެ އެހެން ގައުމެއްގައި މިކަން މިގޮތަށް ކުރާނަމަ އެ ގައުމެއްގެ ރައްޔިތުން މަގުމައްޗަށް ނިކުމެ ސަރުކާރާ ދެކޮޅަށް ވަރުގަދަ އަށް މުޒާހަރާ ކުރީސް ކަމަށް އޭނާ ވިދާޅުވިއެވެ.

އަލީގެ ވާހަކަތަކަށް ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދު ވެސް ތާއިދު ކުރައްވައި ވިދާޅުވީ ހުޅުމާލެ އާއި ގުޅީފަޅުން ހިލޭ ގޯތި ދިނުމަކީ ޚުދު “މާލޭ މީހުންގެ” މެދުގައި ވެސް ކުރާ ތަފާތުކުރުމެއް ކަމަށެވެ. މާލޭގައި ދިރިއުޅޭ އެންމެ ނިކަމެތި މީހުންނަށް ގާކޮށިންނާއި ހިޔާ އިން ބޮޑު އަގުގައި ކުދިކުދި ފްލެޓް ވިއްކާފައި އެހެން ބަޔަކަށް މިލިއަނުން އަގު ކުރެވޭ ބިން ހިލޭ ދިނުމުގައި އޮތް އިންސާފަކީ ކޮބައިތޯ ދިޔާނާ ވަނީ ސުވާލު ކުރައްވާފައެވެ.

ކެން

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top