ރެޑްވޭވް ހައިސެންސް ބްރޭންޑްގެ ޕްރޮމޯޝަން: ވޯލްޑްކަޕް ފައިނަލް މެޗް ބަލަން ދެމީހަކަށް ޓިކެޓް!

94cb037e-3ae5-4e51-b7a1-6c0735cb41c1.jpeg

ގަތަރުގައި މި އަހަރު އޮންނަ ފީފާ ވޯލްޑް ކަޕްގެ ފައިނަލް މެޗް ބަލައިލަން ދެ މީހަކަށް ޓިކެޓް ލިބޭ ހައިސެންސް ބްރޭންޑްގެ އުފައްދުންތަކަށް ހާއްސަކޮށް ޕްރޮމޯޝަނެއް ރެޑްވޭވް އިން މިއަދު ފަށައިފިއެވެ.

ހައިސެންސްއަކީ ފީފާ ވޯލްޑް ކަޕް 2022 ގެ އޮފިޝަލް ސްޕޮންސަރެވެ.

ރެޑްވޭވްއަކީ ހައިސެންސް ބްރޭންޑްގެ އުފައްދުންތައް ރާއްޖެ އެތެރެ ކުރަމުން އަންނަ އެ ބްރޭންޑްގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ. އެ ކުންފުނިން ރާއްޖޭގައި ހައިސެންސް ބްރޭންޑްގެ ޓީވީ، ދޮންނަ މެޝިން، އޭސީ، ފްރިޖް އާއި އެނޫންވެސް ގިނަ ސާމާނު ވިއްކަމުން ދެއެވެ.

ވޯލްޑް ކަޕާއި ދިމާކޮށް ރެޑްވޭވް އިން “ޕާފެކްޓް” މެޗް”ގެ ނަމުގައި ކުރިއަށްގެންދާ މި ހާއްސަ ޕްރޮމޯޝަން ކުރިއަށް ގެންދާ މުއްދަތު ތެރޭގައި ރެޑްވޭވްގެ ކޮންމެ އައުޓްލެޓަކުން ވެސް ހައިސެންސް ބްރޭންޑްގެ އުފެއްދުންތަކަށް ހަރަދު ކުރާ ކޮންމެ 500ރ. އަކަށް ކޫޕަނެއް ލިބޭނެއެވެ.

މި ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވާނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ ފަހުކޮޅުއެވެ.

ރެޑްވޭވް އިން ބުނީ، މި ޕްރޮމޯޝަންގެ ތެރެއިން ހޮވާ ނަސީބުވެރި އެއް ފަރާތަކަށް ފީފާ ވޯލްޑް ކަޕް 2022 ގެ ފައިނަލް މެޗު ބަލާލުމަށް ދެ ޓިކެޓު ލިބޭނެ ކަމަށެވެ. އަދި، މި ޕްރޮމޯޝަންގެ ތެރެއިން ހޮވާލެވޭ އިތުރު ދެ މީހަކަށް ފީފާ ވޯލްޑް ކަޕް ގަތަރު 2022ގެ ރަސްމީ ޓީވީ ކަމަށްވާ “ހައިސެންސް ބްރޭންޑް ޓީވީ” ދިނުމަށް ހަމަޖެހިފައިވާ ކަމަށް ރެޑްވޭވް އިން މައުލޫމާތު ދެއެެވެ.

މި ހާއްސަ ޕްރޮމޯޝަން ރެޑްވޭވް މެގަމޯލް (ހުޅުމާލެ)، ރެޑްވޭވް ސިޓީ ސްކޮޔާ (ހުޅުމާލެ)، ރެޑްވޭވް ލިވިންގ (މާލެ)، ރެޑްވޭވް އިލެކްޓްރޯނިކްސް (މާލެ) އަދި ރެޑްވޭވް ޕެވިލިއަން (މާލެ)ގައި ކުރިއަށް ގެންދާނެއެވެ.

މި ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި ރެޑްވޭވް މެގަމޯލް ނުވަތަ ޕެވިލިއަން އެންޓްރެންސް އަށް ޒިޔާރަތްކޮށް ކަނޑައެޅިފައިވާ ސަރަހައްދެއްގައި ފޮޓޯއެއް ނަގައި މީސް މީޑިއާގައި ހިއްސާ ކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް 55 އިންޗީގެ ހައިސެންސް ޓީވީއެއް ހޯދުމުގެ ފުރުސަތުވެސް ރެޑްވޭވް އިން ވަނީ ހުޅުވާލައިފައެެވެ.

އެގޮތުން ނަގާ ފޮޓޯ، ހޭޝްޓެގް #PerfectMatchMv ބޭނުންކޮށްގެން ފޭސްބުކް، އިންސްޓަގްރާމް ނޫނީ ޓްވިޓާއަށް އަޕްލޯޑް ކުރަންޖެހެ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top