ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީ މިފަހަރު ވެސްޓް ވިންގަށް!

l_1576564740669Ym.jpeg

ބީއެމްއެލް ކޮމިޔުނިޓީ ފަންޑުން އެހީވެގެން ކިހާދޫގައި ހަދާފައިވާ ކޮމިޔުނިޓީ ޕާކް. -- ފޮޓޯ/ ބީއެމްއެލް

އަތޮޅުގެ ރަށްރަށުގެ އިޖްތިމާއީ ތަރައްގީއަށް އެހީވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް ) އިން ތައާރަފްކޮށްފައިވާ ”އަހަރެންގެ ބޭންކު، ކޮމިއުނިޓީ ފަންޑް“އިން އޭދަފުށީ ވެސްޓް ވިންގްސް ޖަމިއްޔާއަށް އެހީވެދީފިއެވެ.

ވެސްޓް ވިންގަށް އެހީ ލިބިފައިވަނީ އެކި ރަށްރަށުގެ ޖަމާއަތްތަކުން ރަށްރަށުގެ ތަރައްގީއަށް ހުށައެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން އޭދަފުށީގައި ކޮމިއުނިޓީ ޕާކެއް ތަރައްގީ ކުރުމަށް އެޖަމިއްޔާއިން ހުށައެޅި ޕްރޮޕޯސަލް، އެންމެ ރަނގަޅު 10ގެ ތެރޭގައި ހިމެނިގެންނެވެ.

ބީއެމްއެލް އިން ބުނީ މި10 ރަށުގައި ހިންގަން ހުށަހެޅި ޕްރޮޖެކްޓުތަކަކީ މިއަހަރުގެ ފަހު ފިޔަވައްސަށް ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު10 ޕްރޮޕޯސަލް ކަމަށެވެ. މި ފަހަރު ހިންގާފައިވާ ޕްރޮޖެކްޓުތަކުގެ ތެރޭގައި ހިމެނެނީ ލައިބްރަރީ އާއި، ޕާކާއި، މަސްކަނޑާ ތަނެއްގެ އިތުރުން ސޯލާ ލައިޓް ހަރުކުރުން ފަދަ ޕްރޮޖެކްޓުތަކެވެ.

ބީއެމްއެލްގެ މެނޭޖާ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް މިފަހަރުވެސް ރާއްޖޭގެ އެކި ރަށްރަށުގައި ހިންގުމަށް ވަރަށް ރަނގަޅު ގިނަ ޕްރޮޕޯސަލް ތަކެއް ލިބުނު ކަމަށެވެ. އަދި ޖަމިއްޔާތަކުންނާއި އާންމު ފަރުދުންގެ ފަރާތުން ރަށްރަށަށް ބޭނުންތެރި މިފަދަ ޕްރޮޖެކްޓްތައް ހިންގުމަށް ކުރާ ބުރަ މަސައްކަތްތައް ފާހަގަކުރާ ކަމަށް ވިދާޅުވި އެވެ.

ބީއެމްއެލްގެ މި ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މި ފަންޑު ތައާރަފުކުރި ފަހުން މިހާތަނަށް ރާއްޖޭގެ 30 ރަށެއްގައި ޕްރޮޖެކްޓް ހިންގުމަށް މާލީ އެހީތެރިކަންވަނީ ފޯރުކޮށްދީފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top