ތުޅާދޫން ފްލެޓް ލިބުނު މީހުންނަށް ތަޅުދަނޑި ހަވާލުކޮށްފި

122431191_2758210531117639_160591334987836337_n-1.jpg

ފޮޓޯ :ތުޅާދޫ އޮންލައިން

ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ބ.ތުޅާދޫގައި އިމާރާތް ކުރަން ނިންމާފައިވާ 100 ހައުސިން ޔުނިޓްގެ ތެރެއިން މިހާރު ނިމިފައިވާ 50 ހައުސިންގ ޔުނިޓްގެ ތަޅުދަނޑި އެޔުނިޓްތައް ލިބުނު މީހުންނަށް ހަވާލުކޮށްފިއެވެ.

ތަޅުދަނޑި ހަވާލު ކުރުމަށް އިއްޔެ ތުޅާދޫގައި ބޭއްވި ރަސްމިއްޔާތުގައި ތަޅުދަނޑިތައް ލިބުނު ފަރާތްތަކަށް މިހާރު ގެތައް ބޭނުން ކުރެވޭނެެ ކަމަށް ތުޅާދޫ ކައުންސިލުން ބުނެއެވެ.

ތުޅާދޫ ކައުންސިލުން ބުނީ މިހާރު ކުރަމުން އަންނަނީ އެ ގެތަކަށް ފެންހޮޅިތައް ގުޅުމުގެ މަސައްކަތް ކަމަށާއި މިހާތަނަށް އެ ގެެތަކަށް ފެންހޮޅި ނުގުޅި ވަނީ އެއީ އަލަށް ހިއްކި ސަރަހައްދެއް ކަމަށް ވާތީ ކަމަށެވެ. އެކަމަކު ވީ އެންމެ އަަވަހަކަށް އެ މަސައްކަތް ނިންމާނެ ކަމަށް ކައުންސިލުން ބުނެއެެވެ.

ތުޅާދޫން ހިއްކާފައިވާ ސަރަހައްދު ބޭނުންކުރަމުން އަންނަނީ ބޯހިޔާވަހިކަމުގެ މަޝްރޫއު ތަކަށެވެ. އެ ރަށުގެ ހިއްކި ސަރަހައްދުގައި 100 ހައުސިން ޔުނިޓު އިމާރާތް ކުރަމުން އަންނައިރު އިތުރު 80 އަށްވުރެ ގޯތި އެ ސަރަހައްދުން ދޫކުރަން ސަރުކާރުން ވަނީ ނިންމާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top