ތާރު އެޅުމަށް ބޭނުން ކުރާ ބައެއް މެޝިން ގެނެސްފި

DSCN3078.jpg

ތާރު އެޅުމަށް ބޭނުންވާ މެޝިންތަކުގެ ތެރެއިން އޭދަފުއްޓަށް އެންމެ ފަހުން ގެނެސފައިވާ ތާރު ކައްކާ މެޝިނެއް- ފޮޓޯ :އީވީ

އޭދަފުށީގެ މަގުތަކުގައި ތާރު އެޅުމަށް ބޭނުންވާ ބޮޑެތި ގިނަ މެޝިންތަކެއް އޭދަފުއްޓަށް ގެނެސްފިއެވެ.

އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލު އަބްދުއްރަހްމާން ވިދާޅުވީ މަގުތަކުގައި ތާރު އެޅުމަށް ބޭނުންވާ ބައެއް ވެހިކަލް އާއި ސާމާނު އޭދަފުއްޓަށް ގެނައި ނަމަވެސް މި މަސައްކަތް ފެށޭނެ ސީދާ ދުވަހެއް ދަންނަވަން ނޭނގޭ ކަމުގައވެ. އެހެންނަމަވެސް އޭނާ އުއްމީދު ކުރައްވަނީ މިހާރު މަގުހެދުމުގެ މަސައްކަތް ނިމުމަކާ ކައިރި ވެފައިވާތީ ލަސްތަކެއް ނުވެ ތާރު އަޅަން ފެށިގެން ދާނެ ކަމުގައެވެ.

މަގު ހެދުމުގެ މަސައްކަތާ ހައުސިންގ މިނިސްޓްރީގެ ފަރާތުން ހަވާލު ވެގެން ހުރި އޭދަފުށީ ސައިޓްގެ މެނޭޖަރ އަހްމަދު ބަޝީރު ވިދާޅުވީ އިއްޔެ ލިބިފައިވަނީ ތާރު ކައްކާ މެޝިނަކާ އެއަށް ބޭނުންވާ ތަކެތި ކަމުގައެވެ. ‘”ލަސްތަކެއް ނުވެ އެހެން މެޝިންތައްވެސް އަންނާނެ . އަައުމާއެކު ދެން ތާރު އެޅުމުގެ މަސައްކަތް ފެށުމަށް އެއްވެސް ހުރަހެއް ނޯންނާނެ. ” އޭނާ މައުލޫމާތު ދެއްވިއެވެ.

ބަޝީރު އިތުރަށް ވިދާޅުވީ މަގު ހެދުމުގެ މަސައްކަތުގެ 91 އިންސައްތަ ނިމިފައިވާ ކަމަށާއި މިހާރު ކުރަމުން ގެންދަނީ ނުނިމި ހުރި ދެމަގުގެ ޕޭމަންޓް ފަރާތް ނޫން އަނެއްފަރާތުގައި ކާބް ޖެހުމުގެ މަސައްކަތް ކަމުގައެވެ.

އޭދަފުށީގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ހައުސިން މިނިސްޓްރީއާއި މިހާރު އުވާލާފައިވާ އެމްއާާރްޑީސީ އާ ދެމެދު އެއްބަސްވެ ސޮއިކޮށްފައިވަނީ 2015 ވަނަ އަހަރުގެ ޖޫންމަހު އެވެ. މިހާރު މިމަސައްކަތް ކުރަނީ ހައުސިންގ މިނިސްޓްރީގެ ފަރާތުންނެވެ.

33 މިލިއަން ރުފިޔާ އަށް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަން ހަވާލު ކޮށްފައިވާ މި މަސައްކަތް ނުނިމި ދިގުލަމުން ދާތާ މިހާރު ތިން އަހަރުވީއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top