އިދިކޮޅު ކެންޑިޑޭޓް ބ.އަތޮޅަށް

big_bzxehmWyzEz87Z7xtfTZzPy40.jpg

އިބޫ ،ބ.އަތޮޅަށްކުރައްވާ ދަތުރުގައި ގާސިމްގެ އަނބިކަނބަލުން އައިޝާ އާއެކު-ފޮޓޯ ؛އަވަސް ނާޒިމް ހަސަން

އަންނަ ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރެއްވުމުގެ ގޮތުން އިދިކޮޅު އިއްތިހާދުގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ ) ބ.އަތޮޅަށް މިއަދު ފުރާވަޑައިގެންފިކަމަށް ބައެއް މީޑިއާ ތަކުން ޚަބަރު ދީފިއެވެ.

ބ އަތޮޅަށް އިބޫ ކުރައްވާ ދަތުރުފުޅާ ބެހޭ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ގައި ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ މިދަތުރުގައި ބ.އަތޅުގެ ނުވަ ރަށަކަށް  ވަޑައިގަތުމަށް ހަމަޖެހިފައި ވާކަމަށާ ތުޅާދޫގައި މިރޭ ބޮޑު ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އިބޫ ވިދާޅުވިގޮތުގައި މިދަތުރުގައި ކޯލިޝަންގަ ހިމެނޭ ހުރިހާ ޕާޓީތަށް ޖުމްހޫރީޕާޓީ ، އަދާލަތު ޕާޓީ ،  ރައީސް މައުމޫން ގެ ރީފޯމް މޫވްމަންޓް އިން ބައިވެރިވެވަޑައި ގަންނަވައެވެ.

ބ އަތޮޅަށް ކުރާ މިދަތުރުގެ އެންމެ ބޮޑު ބޭނުމަކީ މެނިފެސްޓޯގެ ތަފްސީލުތަކަށް ދާއިރު ރަތްޔިތުންގެ ޝުއޫރުތަށް އަޑުއެހުމާއެކު ރަތްޔިތުންގެ އިހްސާސްތައް އަޑުއަހައި މެނިފެސްޓޯގައި ރައްޔިތުންއެދޭ ކަންތައްތައް ހިމެނުންކަމަށް އިބޫ ވިދާޅުވިއެވެ.

އިބޫގެ މި ދަތުރުފުޅުގައި، ޖުމްހޫރީޕާޓީގެ ވެރިޔާ ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާގެ އިތުރުން، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

ރިޔާސީ އިންތިޚާބަށް ކުޑަތަންވަމުން އަންނައިރު ކެމްޕެއިން ކުރުމުގެ ގޮތުން އިދިކޮޅު ފަރާތްތަކުންނާއި  ސަރުކާރުންވެސް އަންނަނީ އަތޮޅުތެރޭގައާއި މާލެ ސިޓީގައިވެސް މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން އިންތިހާބުގައި ވާދަކުރައްވާ ރައީސް ޔާމިންގެ ރަނިންމޭޓް ޑރ ޝަހީމް މިހާރު މަސައްކަތް ކުރައްވަމުންގެންދަވަނީ އެމަނިކުފާނުގެ އަމިއްލަފުޅު އަތޮޅު ކަމުގައިވާ ގއ. އަތޮޅުގައި ކެމްޕެއިން ކުރައްވަމުންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި