ދެމަފިރިއަކު ބްލެކްމެއިލް ކޮށްގެން ތުޅާދޫން މީހަކު ހައްޔަރުކޮށްފި

big_fMB8DFtDQbnMYno5cYKuYRivA.jpg

ތުޅާދޫ --ފޮޓޯ :އަވަސް

ބަރަހަނާ މަންޒަރު ހިމެނޭ ވީޑިއޯއެއް ބޭނުންކޮށްގެން ދެމަފިރިއަކަށް ބިރުދައްކައި ބްލެކްމެއިލްކުރި ކަމުގެ ތުހުމަތުގައި ބ.ތުޅާދޫން މީހަކު ހައްޔަރުކޮށްފިއެވެ.

އުމުރުން 31 އަހަރުގެ އެ ފިރިހެންމީހާ ހައްޔަރުކުރީ ބަރަހަނާ ވީޑިއޯތަކެއް ބޭނުންކޮށްގެން ދެމަފިރިން ބްލެކްމެއިލް ކުރި މައްސަލައެއްގެ ތުހުމަތަށެވެ.

ފުލުހުން މިއަދު ބުނީ، ތުޅާދޫގައި މީހަކު ބްލެކްމެއިލްކޮށް، ފައިސާ ހޯދަން އުޅުނު މައްސަލައެއްގެ ރިޕޯޓް ލިބުނީ މިދިޔަ ހުކުރު ދުވަހު ކަމަށެވެ.

އެ މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން އަންނައިރު، ބްލެކްމެއިލް ކުރުމުގެ މައްސަލަތައް ރާއްޖޭގައި ވަރަށް ބޮޑަށް އިތުރުވަމުންދާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. އެފަދަ މައްސަލަތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލާނެ ކަމަށްވެސް ފުލުހުން ބުނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top