ބ. އަތޮޅުގައި ކޮވިޑްގެ ދެޑޯޒް ފުރިހަމަކުރި މީހުންގެ އަދަދު 3500އަށް

148152112_1873571962796770_2655056022720164580_n.jpg

ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން ވެކްސިން ގެ ދެ ޑޯޒް ޖެހި މީހުންގެ އަދަދު 3500އަށް އަރައިފިކަމަށް އަތޮޅު ހޮސްޕިޓަލުން ބުނެފިއެވެ.

ބ. އަތޮޅު ހޮސްޕިޓަލުން އާއްމު ކޮށްފައިވާ މައުލޫމާތު ތަކަށް ބަލާއިރު ބ. އަތޮޅުން އިއްޔެގެ ނިޔަލަށް ވަނީ ޖުމްލަ 3،504 މީހުން ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކޮށްފަ އެވެ. އެއީ އޭދަފުށިން 827 މީހުންނާއި ދަރަވަންދޫން 408 މީހުންނާއި ތުޅާދޫން 585 މީހުންނާއި ގޮއިދޫން 284 މީހުން، ހިތާދޫން 280 މީހުން، މާޅޮހުން 205 މީހުން، ދޮންފަނުން 183 މީހުން، ކިހާދޫން 171 މީހުން، ކެންދޫން 151 މީހުން، ކަމަދޫން 134 މީހުން، ކުޑަރިކިލުން 123 މީހުން، ފުޅަދޫން 92 މީހުން އަދި ފެހެންދޫން 61 މީހުންނެވެ.

މިއާއެކު މުޅި އަތޮޅުން ވަނީ ޖުމްލަ، 6223 މީހަކުކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފަ އެވެ.

ކޮވިޝީލްޑް ވެކްސިން ޖެހި މީހުންގެ ތެރެއިން އަށް ހަފްތާ ވެފައިވާ މީހުންނަށް ބ. އަތޮޅުގައި ދެވަނަ ޑޯޒް ޖަހައިދޭން ފެށީ މިދިޔަ މަހުގެ 7 ވަނަ ދުވަހުއެވެ.

މިހާތަނަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖަހައި ތިބި މީހުންނަށް ޖަހައިދެނީ ޗައިނާގެ ސިނަފޯމް ވެކްސިން އެވެ.

އަތޮޅު ހޮސްޕިޓަލުގެ އަމާޒަކީ ވީހައި އަވަހަކަށް އަތޮޅުގެ ރައްޔިތުންނަށް ވެކްސިން ގެ ދެޑޯޒް ފުރިހަމަ ކޮށްދިނުމެވެ. ނަމަވެސް ވެކްސިންގެ ޝޯޓޭޖް އުޅެތީވެ މިއަމާޒަށް ވާސިލް ވެވޭނެ ސީދާ ދުވަސް ބުނަން ނޭގޭކަމަށް ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

“ވެކްސިންގެ ޝޯޓޭޖް އެބައުޅޭ. އެހެންވެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރެވޭނެ ދުވަސް ބުނާކަށް ނޭނގޭ.އުއްމީގު ކުރަން މާ ލަސްތަކެއް ނުވާނެކަމަށް. ” މެނޭޖަރު ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top