މާޅޮހު ކައުންސިލާ ހިބަޅިދޫ ހަވާލުކުރުމަށް ދަންނަވައިފި

6crMJDkh6sttUmdvf90DHfeFQ48SNpWZ6gbThWto.jpg

ބ.މާޅޮހުގެ އުތުރުން ޖެހިގެން އޮންނަ ބ.ހިބަޅިދޫ، މާޅޮހު ކައުންސިލުގެ އިހްތިސާސްގެ ތެރޭގައި ހިމަނައި އެރަށް މާޅޮހު ކައުުންސިލާއި ހަވާލު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ދަންނަވައިފި އެވެ.

މާޅޮހު ކައުންސިލުން މީގެކުރިންވެސް ވަނީ ރައީސް އަރިހަށް މިކަން ހުށަހަޅާފަ އެވެ.

މާޅޮހު ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިބަޅިދޫ ހިމަނައި ދިނުމަށް މާޅޮހު ކައުންސިލުން އަނެއްކާވެސް ރައީސް ސޯލިހަށް ހުށަހެޅުއްވީ ރައީސް އޮފީހުގައި މިއަދު ރައީސް ސޯލިހާ ބައްދަލުކުރެއްވުމުގެ ތެރޭގައެވެ. މި ބައްދަލު ކުރެއްވުމުގައި މާޅޮހުގެ ކައުންސިލަރުންނާއި އެރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުން ވެސް ބައިވެރިވި އެވެ.

މީގެ އިތުރުން ރަށުގެ ބަނދަރުގެ ދަތިކަން ފާހަގަކުރައްވައި ކައުންސިލުން ވަނީ އެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމުމަށް ރައްޔިތުން އެދޭކަން ފާހަގަ ކުރިއެވެ.

ހަމައެއާއެކު މިސްކިތުގެ ޖާގަ ކުޑަވުުުުމުން ދިމާވާ ދަތިތަކާއި، ދީނީ ޕްރޮގްރާމްތައް ހިންގުމަށް ސަރުކާރުގެ އެހީތެރިކަން ބޭނުންވާކަމަށާއި، ކުޅިވަރު ކުޅޭނެ ވަސީލަތްތައް ބޭނުންވާކަން ކައުންސިލުން ފާހަގަ ކުރިއެވެ.

މާޅޮހު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއިން ވެސް ވަނީ ހިބަޅިދޫ މާޅޮހު ކައުންސިލްގެ އިހުތިސާސް ގައި ހިމަނައިދެއްވުމަށް އެދި ދަންނަވާފައެވެ.

ހިބަޅިދޫ އަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ އެމްއެމްޕީއާރްސީން ރިސޯޓު ހަދަން ދޫކުރި ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. އެރަށް އޭރު ކުއްޔަށް ދޫކުރީ ބިޒްނާސް މޯލްޑިވްސް އަށެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު