ރިސޯޓް ފުޓްބޯޅަ މުބާރާތް : ރޯޔަލް އިން ދުސިތު ބަލިކޮށްފި

DSCN9763.jpg

ރޯޔަލް އާއި ދުސިތު ވާދަކުރި މެޗް -- ފޮޓޯ :އީވި

ބ.އަތޮޅު ރިސޯޓްތަކަށް ހުޅުވާލައިގެން އޭދަފުށީގައި މިހާރު ކުރިއަށްދާ ލެވިސްތާ އިންޓަރ ރިސޯޓް ފުޓްބޯޅަ މުބާރާތުގައި ދުސިތު ތާނީ ރިސޯޓް 1-3 އިން ބަލިކޮށް ރޯޔަލް އައިލެންޑް ރިސޯޓު މެޗް ކާމިޔާބު ކޮށްފި އެވެ.

އޭދަފުށީގެ ޓާފް ދަނޑުގައި މިއަދު ހަވީރު ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނި ދުސިތުތާނީ އިންނެވެ. ދުސިތުގެ ހުސެން އާދިލު ޓީމަށް ކާމިޔާބު ކޮށްދިން މިލަނޑާއެކު ރޯޔަލްގެ ކުޅުން ރަނގަޅުކޮށް ފުރަތަމަ ހާފް ނިމުމުގެ ކުރިން ލަނޑެއްޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ޖެހީ ރޯޔަލްގެ ޒަމްއަތު އެވެ.

ރޯޔަލްގެ ދެވަނަ ލަނޑު ދެވަނަ ހާފު ފެށިތަނާހެން އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އެޓީމުގެ އިބްރާހީމް ޝަރީފެވެ. މި ލަނޑާއެކު ދުސިތުގެ މުޅި ޓީމް ކުރިއަށް ޖެހި ނަތީޖާ ބަދަލު ކުރުމަށް މަސައްކަތްތަކެއް ކުރި އެވެ. އެހެންނަމަވެސް މެޗު ނިމެން ކައިރިވެފައިވަނިކޮށް ރޯޔަލުގެ ތިންވަނަ ލަނޑާއެކު ނަތީޖާގެ ފަރަގު ބޮޑުކޮށްލިއެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އިބްރާހީމް ފަޔާޒެވެ.

މިއަދުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ ރޯޔަލްގެ އިބްރާހީމް ޝަރީފެވެ.

މާދަމާ ހަވީރު ކުޅޭ މެޗުގައި ވާދަކުރާނީ އަނަންތަރާ ކިހަވައް ވިލާސް އާއި އަމިއްލަފުއްޓެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top