ވިއްސާރަކުރާނެ. އެކަމަކު އުދައެރުމުގެ ފުރުސަތުކުޑަ

image424.jpg

ކުރިން ލަފާކޮށްފައިވާގޮތާ ޚިލާފަށް ރާއްޖޭގެ ބައެއްރަށްރަށަށް މިއަދުންފެށިގެން އުދައެރުމުގެ ފުރުސަތު ކުޑަވެފައިވާކަމަށާއި ހުރިހާ ހިސާބަކަށްވެސް ވިއްސާރަކުރާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މެޓްއޮފީހުން ބުނީ މިއަދު އަދި ރާއްޖޭގެ އެއްވެސް ރަށަކަށް އުދައަރާފައިވާ ކަމުގެ ރިޕޯޓެއް ލިބިފައި ނުވާކަމުގައެވެ. އެހެންނަމަވެސް “އުތުރު މެދުތެރެ އަދި ދެކުނުގެ ބައެއް ރަށްރަށަށް އުދަަރާފާނެކަމަށާއި އެކަމަކު ފުރުސަތު ކުޑަ” ކަމުގައެވެ.

މެޓްއޮފީހުން މިއަދުގެ މޫސުން ލަފާކުރާގޮތުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވިއްސާރަކުރާނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައް ގަދަވާނެ ކަމަށް ވެސް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ.

އިއްޔެރޭ ވަނީ ގއ. އާއި ގދ.އަތޮޅުގެގެ ބައެއްރަށްރަށަށް އުދައަރާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top