މިހާތަނަށް އޭދަފުށީގައި ބޭއްވި އެންމެ އަގުބޮޑު މުބާރާތްކަމުގައިވާ “ރައީސް ޔާމީން 2018” ފުޓްބޯލް ޗެލެންޖް 2015 ގެ ޗެމްޕިއަންކަން ޔުނައިޓެޑްވީ ހޯދައިފިއެވެ.
ޔުނައިޓެޑްވީ ޗެމްޕިއަންކަން ހޯދާފައިވަނީ މިއަދުހަވީރު އޭދަފުށީ ރަސްމީބޯޅަދަނޑުގައިއޮތް ފައިނަލް މެޗްގައި ސައިނޯސާއާއި ބައްދަލުކޮށް 2-0 ގެ ނަތީޖާއިން މޮޅުވެގެންނެވެ.
ދެޓީމުގެ ސަޕޯޓަރުންގެ އިތުރަށް ފުޓްބޯޅައަށް ލޯބިކުރާ އެތައްބައެއްގެ ތަރުހީބާ ސަޕޯޓާއެކު ކުޅުނު މި ފޯރިގަދަ މެޗް ނިމުމާއެކު މި މުބާރާތަށް ކަނޑައަޅާފައިވާ އިނާމު ކަމުގައިވާ ޗެމްޕިއަން ޓީމަށް 55000ރ. އާއި ރަނަރއަޕް ޓީމަށް 25000ރ.ގެ ފައިސާގެ އިނާމު ޓީމްތަކަށް ހަވާލުކޮށްދެއްވީ މެޗް ޝަރަފްވެރިކޮށްދެއްވި ސިދުގީ އަބްދުﷲ އެވެ.
މުބާރާތުގެ މަގާމުތަކަށް ހޮވިފައިވާ ކުޅުންތެރިންނަށްބަލާއިރު މުބާރާތުގެ ފެއަރޕްލޭ ކުޅުންތެރިޔާގެމަގާމަށް ހޮވުނު ސައިނޯސާގެ އަހްމަދުޝިއާން ފިޔަވައި އެހެންހުރިހާ މަގާމަކަށް ހޮވިފައިވަނީ ޔުނައިޓެޑްވީގެ ކުޅުންތެރިންނެވެ.
މަގާމްތަކަށް ހޮވުނު ޔުނައިޓެޑްވީގެ ކުޅުންތެރިންނަކީ
މުޅި މުބާރާތުގެ އެންމެމޮޅު ގޯލްކީޕަރ : އަފްޒަލް އިބްރާހީމް
އެންމެމޮޅު ޑިފެންސް : ހައްސާން އަބްދުއްލަތީފް
އެންމެ މޮޅު މިޑްފީލްޑް: އަހްމަދު ނިޔާޒް
އެންމެ މޮޅު ފޯވަރޑް : ހުސައިން ސިމާޒް
އެންމެ އުންމީދީ އަދި ޓޮޕް ސްކޯރަރ : އަލީ ނަސީމް
އަދި އެންމެ މޮޅު ކޯޗަކަށް ޔުނައިޓެޑްވީގެ ނާފިއު ހާމިދު އެވެ.