ބ.މާޅޮހުގައި މާރާމާރީހިންގައިފި

ބ.މާޅޮސް

ބ.މާޅޮސް

އާއިލީ މައްސަލައެއްގައި އުފެދުނު ދެބަސްވުމެއް މާރާމާރީއަކަށްބަދަލުވެ އެކަކުޒަޚަމްކޮށްލައިފިއެވެ.

އިއްޔެހަވީރު މާޅޮހުގައި ހިންގި މިމާރާމާރީގައި ޒަޚަމްވި މީހާއަށް މާޅޮހުސިއްހީ މަރުކަޒުންފަރުވާދިނުމަށްފަހު މިހާރުވަނީ ދޫކޮށްލާފައެވެ.

މާރާމާރީ ހިންގި 24 އަހަރުގެ ޒުވާނާ ކޯޓްއަމުރެއްގެދަށުން ވަނީ ހައްޔަރުކޮށްފައެވެ.

މިމައްސަލަ އޭދަފުށީ ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުން ދާކަމަށް އީވީއަށް މައުލޫމާތު ލިބިފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top