އޮންލައިން ކޮށް ހިންގާ ނަރުސް ކޯސް ބަލައެއް ނުގަންނާނެ

kj.jpg

އޮންލައިންކޮށް ހިންގާ ނާސިން ކޯސްތައް ބަލައިނުގަންނަން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ، އެމްކިއުއޭ އިން ނިންމައިފި އެވެ.

އެމްކިއުއޭ އިން އިއްޔެ ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، ނާސިން ދާއިރާގެ ޕްރޮގްރާމްތައް ދިގު މުއްދަތަކަށް އީ-ލާނިން ޑެލިވަރީ މޮޑަލިޓީގެ ދަށުން ކުރިޔަށް ގެންދިއުމަކީ އެ ދާއިރާގެ ލައިސެންސިން އިދާރާ ކަމަށްވާ މޯލްޑިވްސް ނާސިންގ އެންޑް މިޑްވައިފްރީ ކައުންސިލުން ހުއްދަ ދީފައިވާ ގޮތް ނޫން ކަމަށެވެ.

އެހެންކަމުން ނާސިންގ ކޯސްތައް އޮންލައިންކޮށް ކުރިޔަށް ގެންދިއުމުގެ ހުއްދަ ދެވެން ނެތްކަމަށް އެމްކިއުއޭއިން ބުނެއެވެ.

އެމްކިއުއޭއިން އަންގާފައިވަނީ ނާސިން ކައުންސިލުން ހުށަހަޅާފައިވާ ގޮތަށް މަތީ ތައުލީމުދޭ މަރުކަޒުތަކުން މިހާރު ހިނގަމުންދާ ސެމިސްޓާގެ ނިޔަލަށް އީ-ލާނިން ޑެލިވަރީ މޮޑަލިޓީގައި ނަރުސްކަމުގެ ކޯސްތައް ހިންގުން ހުއްޓާލުމަށެވެ. ހަމައެއާއެކު ނާސިންގެ ކައުންސިލްގެ ލަފަޔާ އެއްގޮތަށް އެމްކިއުއޭ އިން އެފަދަ ކޯސްތައް ބަލައިނުގަންނާނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top