ތަފާތު އިވެންޓްތަކާއެކު ނަރުހުންގެ ދުވަސް ބ. އަތޮޅު ހޮސްޕިޓަލްގައި ފާހަގަކުރަމުން އެބަދޭ.

13226967_630247147129264_3893966421690432071_n.jpg

ބ. އަތޮޅު ހޮސްޕިޓަލްގައި މަސައްކަތްކުރާ ސްޓާފުންނާއި ބައެއް ނަރުހުން. ފޮޓޯ : ބ. އަތޮޅު ހޮސްޕިޓަލް އެފްބީ

ބ.އަތޮޅު ހޮސްޕިޓަލްގެ ފަރާތުން މިއަހަރުގެ ނަރުހުންގެ ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކުރަމުން އެބަގެންދެއެވެ. ދުވަހުގެ ރަސްމިއްޔާތު ފަށާފައިވަނީ ދުވަހާ ގުޅޭ “ދުޅަހެޔޮ” ހެނދުނުގެ ނާސްތާ އަކުންނެވެ. މި ރަސްމިއްޔާތު ފައްޓަވައިދެއްވީ ހޮސްޕިޓަލްގެ ޑިރެކްޓަރ އަހްމަދު ވަހީދުއެވެ.

މީގެ އިތުރުން އެންމެ ޚާއްސަގޮތެއްގައި ފާހަގަކުރެވެނީ ދުޅަހެޔޮ ސިއްހަތަކަށް ބޭނުންވާ ކަންކަމާ ބެހޭ ގޮތުން ނަރުހުންގެ އިސްނެގުމާއެކު ކުރިއަށްގެންދާ މައުލޫމާތު ދިނުމުގެ ސެޝަންއެވެ. ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ މި ޕްރޮގްރާމް މިހާރުވެސް ހިނގަމުން އެބަދެއެވެ.13178002_630247253795920_2169210890906849679_n

ބ.އަތޮޅު ހޮސްޕިޓަލުގެ ސީނިއަރ އޮފިޝަލަކު ވިދާާޅުވި ގޮތުގައި ނަރުހުންގެ ދުވަހު ނަރުހުން އިސް ނަގައިގެން ގިނަ ކަންތައްތަކެއް ކުރުމަށް ރާވާފައި ވެއެވެ. ބޮޑަށް އެބޭފުޅުންގެ އަމާޒުހުރީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބޭނުންވާ ކަންކަމާ ބެހޭ މައުލޫމާތު ސްކޫލް ކުދިންނަށާއި އާއްމުންނަށް ފޯރު ކޮށްދިނުމަށެވެ.

އޭނާ ވިދާޅުވީ މިއަދުގެ ވަގުތެއްގައި ބ. އަތޮޅު ހޮސްޕިޓަލްގައި މަސައްކަތްކުރާ ނަރުހުންގެ ފަރާތުން ދުޅަހެޔޮ ސިއްހަތާ ބެހޭ ގޮތުން މައުލުމާތު ދިނުުމުގެ ސެޝަންއެއް ކައިރި ރިސޯޓެއްގައި ބާއްވާގޮތަށްވެސް ހަމަޖެހިފައިވާ ކަމުގައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top