މިއަހަރު ރޯދައަށް ހަނދުބެލުން ތަފާތުވާނެ : އިސްލާމިކް މިނިސްޓްރީ

14629595722903.jpg

މިއަހަރު ރަމަޟާން މަހަށް ހަނދުބެލުމުގެ ކަންތައް ތަފާތު ގޮތަކަށް ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން ނިންމަވައިފިއެވެ.

މިކަމާ ބެހޭ މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީގެ ނާއިބު މުހައްމަދު މުސްތަފާ ވިދާޅުވީ ހަނދު ބެލުން ކުރިއަށް ދާނީ އެންމެންގެ ބައިވެރިވުން ހިމެނޭގޮތަށް ކަމުގައެވެ.

” ކައުންސިލްތަކާއި ގުޅިގެން ރާއްޖޭގެ ހުރިހާ ރަށެއް ހިމެނޭހެން އެންމެން މިއަހަރު ހަނދުބަލަން ނިކުންނާނެ. އަޅުގަނޑުމެން މިކަމަށް ޚާއްސަ ހޭޝްޓެގެއް ހެދިގެން ފޮޓޯވެސް ޝެއަރ ކުރާގޮތަށް އިވެންޓް އިންތިޒާމް ކުރެވިފައިވަނީ. އަދި އެދުވަހުގެ ހަވީރު ފަސްގަޑި ތިރީހުން ފެށިގެން މީޑިޔާތަކުން މި ހަރަކާތް ލައިވް އިވެންޓެއްގެ ގޮތުގައި ގެނެސްދެވޭނެ. އެގޮތުުން މީޑިޔާ ތަކާއި ވާހަކަދެއްކުމަށް މިދަނީ ތައްޔާރުވަމުން ” މުސްތަފާ ވިދާޅުވިއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަޙައްދުންވެސް ހަނދުބެލުން ކުރިއަށް ގެންދަވާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

” ކަނޑުގެ ސަރަޙައްދުންވެސް ހަނދު ބެލުން ކުރިއަށްދާނެ. އެކަން ދާނީ ކޯސްޓްގާޑްގެ އެހީތެރިކަމާއެކު. މިއީ ވިހާވެސް ބޮޑަށް ޢަމަލީގޮތުން ބައިވެރިވުން އިތުރުކުރުމަށް ކުރެވޭ ކަމެއް. ރާއްޖޭގައި ކަނޑުގެ ސަރަޙައްދު ބޮޑުވުމުން، ކަނޑުގެ ސަރަޙައްދުންވެސް ހަނދު ފެނުން އެކަށީގެންވޭ. ” މުސްތަފާ ފާހަގަކުރެއްވިއެވެ.

ހަނދު ބެލުން މި ގޮތަށް ކުރިއަސް ގެންދެވުމަށް ނިންމާފައިވާއިރު ރަމަޟާން މަހުގެ ފެށުންވެސް ވަރަށް ޚާއްސަ ވާނޭކަމުގައި މުސްތަފާ ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top