ބިދޭސީން ރާއްޖޭގައި ވެހިކަލް ދުއްވުމަށް އާ ގަވާއިދެއް

IMG_6EEE628264BA-1-850x548-1.jpeg

ބިދޭސީންނަށް ރާއްޖޭގައި ވެހިކަލް ދުއްވުމަށް ހުއްދަދޭއިރު ޑްރައިވިން އިމްތިހާނެއް ހަދަން ޖެހޭގޮތަށް ގަވާއިދަށް ބަދަލު ގެނެސްފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ މީގެ ކުރިން ބިދޭސީންގެ އަތުގައި އޮންނަ ބޭރު ގައުމެއްގެ ލައިސަންސަށް ހުއްދަ ދެމުންދިޔައީ ލުއި އުސޫލެއްގެ ދަށުންކަމަށެވެ.

އެކަމަކު މީގެ ފަހުން ބިދޭސީން އަތުގައި އޮންނަ ލައިސަންސަށް ރާއްޖޭގައި ދުއްވުމުގެ ހުއްދަ ދޫކުރެވޭނީ އެމީހާގެ އަތުގައި އޭރު އޮތް އެ ގައުމެއްގެ ލައިސެންސްގައި އޮންނަ މުއްދަތަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެމީހުންގެ ލައިސަންސަށް ހުއްދަ ދޭނީ އާންމު އުސޫލުން ލައިސަންސް ހޯދަން އޮންނަ ޑްރައިވިން އެސެސްމަންޓް ފުރިހަމަ ކުރުމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ ކުރިން ބިދޭސީ މީހާގެ އަތުގައި އޮތް ލައިސަންސްގެ މުއްދަތަށްވުރެ ދިގު މުއްދަތަކަށް ދިވެހި ލައިސަންސް ދޫކުރަމުން ދިޔަކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ދަތުރުކުރަން އޮންނަނީ ކުދި ގޯޅިތަކެއް ކަމަށާއި، ބޭރު ގައުމުތަކުގައި ދުއްވާއިރު ވިސްނަން ޖެހޭ އުކުޅުތަކާ ތަފާތު ވެދާނެކަމަށެވެ.

މިދިޔަ ސަރުކާރުން ވަނީ ޓްރާންސްޕޯޓު މިނިސްޓްރީން ގަބޫލުކުރާ ގައުމުތަކުން ދޫކޮށްފައިވާ ސައްހަ ލައިސެންސެއް އޮތް މީހުންނަށް އިމްތިހާން ހެދުމަކާއި ނުލައި ދާއިމީ ލައިސަންސް ދިނުމަށް ނިންމާފައެވެ. އެގޮތުން އިމްތިހާނު ހެދުމަކާއި ނުލައި ދާއިމީ ލައިސަންސް ދިނުމަށް ނިންމި ލިސްޓުގައި 20 އަށްވުރެ ގިނަ ގައުމެއް ހިމަނާފައި އޮތެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top