ޔުނައިޓެޑް ވީ ބަލިކޮށް ފައިނަލްގެ ފަހުޖާގަ އެމް އޭ ޔުނައިޓެޑް ހޯދައިފި  

viber_image_2019-08-16_21-36-43.jpg

މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އަލްސައީދު ޓްރޮފީއާއެކު

ޔުނައިޓެޑް ވީ ކަޓުވާލުމަށްފަހު ލެވިސްޓާ ކަޕްގެ ފައިނަލަށް އެމްއޭ ޔުނައިޓެޑް ހިނގައްޖެއެވެ.

މިއަދު ހަވީރު އޭދަފުށީ ޓާފް ދަނޑުގައި ކުޅުނު ސެމީ ފައިނަލްގެ ދެވަނަ މެޗުން އެމްއޭ ޔުނައިޓެޑް މޮޅުވީ 1-3 އިންނެވެ.

ބަލާހިތްވާ ކަހަލަ ފަޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަހާފުގެ 7ވަނަ މިނިޓުގައި މެޗުގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ ޔުނައިޓެޑް ވީ ގެ އައިމަން ހަބީބުއެވެ. އެމް އޭ ޔުނައިޓެޑް ކުޅުންތެރިން އޮފްސައިޑްކަމަށް ހީކޮށް ތިއްބާ އައިމަން ބޯޅައަށް އަރާ ގޯލުގެ ތެރެއަށް ވައްދާލީ ކީޕަރު ގާތުންވެސް ނައްޓާލާފައެވެ. މި ލަނޑަށް ފަހު އެމް އޭ ޓީމު އެއްކޮށް ކުރިއަށް ޖެހިގެން ލަނޑެއް ޖެހޭތޯ މަސައްކަތް ކުރިއެވެ. ގޯލް ޖަހާނޭ ގިނަ ފުރުސަތުތަކެއް ލިބި ގޯލަށް އަމާޒުކޮށް ފޮނުވާލި ނަމަވެސް ޔުނައިޓެޑް ވީ ގެ ކީޕަރު ވަނީ އެހުރިހާ ހަމަލާއެއް ދިފާއު ކޮށްފައެވެ.

ދެވަނަ ހާފުގައި އެމް އޭ ޔުނައިޓެޑް ކުޅުންތެރިންގެ ކުޅުން ރަނގަޅުކޮށް މެޗުގެ 47ވަނަ މިނިޓުގައި އެޓީމުގެ ފުރަތަމަ ލަނޑު ހައްފާފް ސިދުގީ ކާމިޔާބު ކޮށް ނަތީޖާ ބަދަލު ކުރިއެެވެ. އެމް އޭ ޔުނައިޓެޑްގެ ދެވަނަ ލަނޑު 33 ނަންބަރު އަލްސައީދު 74 ވަނަ މިނިޓުގައި ކާމިޔާބު ކޮށް 1-2 އިން ލީޑު ހޯދިއެވެ. އޭގެ 3 މިނިޓް ފަހުން ޔުނައިޓެޑް ވީގެ ކިންގްސްލީ ، ޕެނަލްޓީ އޭރިޔާ ތެރެއިން ސެންޓޭ އަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ އަލް ސައީދު ކާމިޔާބުކޮށް ނަތީޖާ 1-3 އަށް ބަދަލު ކޮށްލިއެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އަލްސައީދު އެވެ.

މާދަމާ ހަވީރު އޮންނާނީ މި މުބާރާތުގެ ފައިނަލް މެޗެވެ. ވާދަ ކުރާނި ރާއްޖޭގެ ފުޓުބޯޅައިގެ ފަސްޓް ޑިވިޜަންގެ މޮޅު ކުޅުންތެރިން ތަކެއް ހިމެނޭ ސައިނޯސާ އާއި އެމް އޭ ޔުނައިޓެޑް އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top