އަތޮޅު ފުޓްބޯޅަ މުބާރާތަށް މަޝްވަރާ ހޯދުމަށް ކައުންސިލްތަކާއެކު މަޝްވަރާކޮށްފި

އަތޮޅު ފުޓްބޯޅަ މުބާރާތުގެ ކަންކަމާމެދު މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމުގައި ބ. އަތޮޅު ކައުންސިލްގެ ނާއިބްރައީސް މަބުރޫކް ނަސީރު ވާހަކަ ދައްކަވަނީ / ފޮޓޯ: ހަވީރު އޮންލައިން

އަތޮޅު ފުޓްބޯޅަ މުބާރާތުގެ ކަންކަމާމެދު މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމުގައި ބ. އަތޮޅު ކައުންސިލްގެ ނާއިބްރައީސް މަބުރޫކް ނަސީރު ވާހަކަ ދައްކަވަނީ / ފޮޓޯ: ހަވީރު އޮންލައިން

އަތޮޅު މުބާރާތާއި ޒޯން ފުޓްބޯޅަ މުބާރާތަށް ބަދަލުތަކެއް ގެނެސް އަލުން ފެށުމަށް ވަމުންދާ ތައްޔާރީގެ ގޮތުން ބުރާސްފަތިދުވަހު ޒުވާނުންގެ މަރުކަޒްގައި އަތޮޅު ކައުންސިލްތަކާއި އައްޑޫ ކައުންސިލާއި އެކު ބޭއްވި ސެމިނާ ކާމިޔާބް ކަމާއި އެކު ނިންމާލައިފިއެވެ.

މި ސެމިނާގައި ދެ އަތޮޅު ފިޔަވާ ރާއްޖޭގެ ހުރިހާ އަތޮޅަކުންނާއި އައްޑޫ ސިޓީ ކައުންސިލުން ބައިވެރިވިއެވެ.

މި ސެމިނާގައި ވާހަކަދައްކަވަމުން އެފްއޭއެމްގެ ޖެނެރަލް ސެކެއްޓަރީ ހުސެއިން ޖަވާޒް ވިދާޅުވީ ސެމިނާއަށް އަތޮޅު ކައުންސިލްތަކުން ދެއްވި އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށާއި މި ސެމިނާގެ ސަބަބުން އަތޮޅުތަކުން ބޭނުންވަނީ ކޮން ކަންކަމެއްކަން އެނގިފައިވާ ކަމަށެވެ.

“މި ޚިޔާލުތަކާއި މަޝްވަރާއާއި އެއްގޮތަށް އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތް ކުރާނަން އަތޮޅު މުބާރާތާއި ޒޯން ކާމިޔާބްކަމާއި އެކު ކުރިއަށް ގެންދަން.” ޖަވާ ވިދާޅުވި އެވެ.

އެފްއޭއެމްގެ ޑިރެކްޓަރ އޮފް އެޓޯލް ފުޓްބޯލް އަހުމަދު މުޖްތަބާ ފެސްކޯ ވަނީ އަތޮޅު ފުޓްބޯޅަ މުބާރާތުގެ އާ ތަސައްވަރާ ބެހޭ ޕްރެޒެންޓޭޝަނެއް ދެއްވާފައެވެ. މި ޕްރެޒެންޓޭޝަނުގައި ވަނީ އަތޮޅު މުބާރާތަށް އަންނަ ބަދަލުތަކާއި އަތޮޅުތަކުގެ މަޝްވަރާ އާއި ލަފާބޭނުންވާ ބައިތަކުގެ މައްޗަށް ބައްލަވާލައްވާފައެވެ.

” ޖުމްލަކޮށް މި ސެމިނާ ނިމިގެން ދިޔައީ ވަރަށް ކާމިޔާބް ކަމާއި އެކު. ވަރަށް މުހިއްމު މަޝްވަރާތަކެއް ލިބިއްޖެ. އަތޮޅު ކައުންސިލްތަކުގެ ޝައުގުވެރިކަން ވަރަށް ބޮޑު އަތޮޅު މުބާރާތް އަލުން ފަށަން. މި ސެމިނާގެ ސަބަބު މި އެޅުނު ބިންގަލުގެ މަތީގައި އަތޮޅު މުބާރަތް ތަރައްގީ ވެގެންދާނީ” ފެސްކޯ ވިދާޅުވިއެވެ.

އަތޮޅު ކައުންސިލްތަކުގެ ބޭފުޅުން ފާޅުކުރެއްވި ޚީޔާލުތަކުގެ ތެރޭގައި އަތޮޅު ތެރޭގައި ފުޓްބޯޅަ ކުޅޭނެ ވަސީލަތްތައް މަދުވުމާއި އަތޮޅު ތެރޭގައި ތިބި މޮލު ކުޅުންތެރިންނަށް ފުރުސަތު މަދުކަން ފާހަގަކުރެއްވިއެވެ. އަދި އެފްއޭއެމުން މިފަދަ ސެމިނާ އެއް ބޭއްވުމަކީ ވަރަށް ޕޮސިޓިވް ނިޝާނެއް ކަމަށާއި އެހެންކަމުން އެފްއޭއެމަށް މި ސެމިނާ ބޭއްވީތީ އަތޮޅު ކައުންސިލްތަކުން ވަނީ ޝުކުރު އަދާކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top