ކެއްސާތީ ބޯ ބޭހެއްކަމަށްވާ ކޮފްސީ ސިރަޕުގައި ކުނޑިކޮޅުތަކެއް ހުރިކަމަށް ފާހަގަވެ، އެކަމަށް ސަމަލުވާން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އިލްތިމާސް ކޮށްފިއެވެ.
އެ އޮތޯރިޓީން ނެރުނު އިއުލާނެއްގައި ވަނީ، ކުނޑިތަކެއް ފެނިފައިވަނީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އެމްއެމްސީ ހެލްތްކެއާ ލިމިޓެޑުން އުފައްދާ ކޯފްސީ ސިރަޕްގެ 100 އެމްއެލް އިން ކަމަށެވެ. މިއީ ކެއްސުމަށް ދޭ ބޭހެކެވެ.
ވިމާ، މި މައްސަލަ އޮތޯރިޓީން ބެލުމަށްފަހު ވަކިގޮތެއް އަންގަންދެން މި ބޭސް ރާއްޖެ އެތެރެ ކުރުމާއި ވިއްކުމާއި ބޭނުން ކުރުން އޮތޯރިޓީން ވަނީ މަނާކޮށްފައެވެ.
ރާއްޖެ އެތެރެކުރާ ބޭސްތަކުން މިފަދަ މައްސަލަތައް ފާހަގަވާނަމަ އެ ބޭހެއް ބޭނުން ނުކުރުމަށް އެމްއެފްޑީއޭއިން އަބަދު ވެސް އިލްތިމާސްކުރެއެވެ.