މޯލްޑިވިއަންގެ ފްލައިޓެއް ރަންވޭ މަތިން ކަހާލައިފި

279234227-509660444183893-4461429987844440658-n.jpg

ރަންވޭ މަތިން ކަހާލައިގެން ވިނަގަނޑަށް އަރާފައިވާ މޯލްޑިވިއަންގެ ފްލައިޓް-- ވަގުތު އިމޭޖެސް

މޯލްޑިވިއަންގެ ފްލައިޓެއް ލ.ކައްދޫ ޑޮމެސްޓިކް އެއާޕޯޓު ރަންވޭ މަތިން ކަހާލައިފިއެވެ.

މޯލްޑިވިއަން އިން ބުނީމިރޭ 7:45 ހާއިރު މޯލްޑިވިއަންގެ ފްލައިޓަކަށް “އިންސިޑެންޓެއް” ހިނގާފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ވައިގަދަވުމުގެ ސަބަބުން އެ ފްލައިޓް އެއާޕޯޓަށް ޖައްސަން މަސައްކަތްކޮށް ނުޖެއްސިގެން އަނބުރާލާފައި ދެވަނަ ފަހަރަށް ޖައްސަން އުޅުމުގެ ތެރޭގައެވެ. ހާދިސާއަށްފަހު ފްލައިޓުގައި ތިބި ފަސިންޖަރުންނާއި ކުރޫން ފްލައިޓުން ބާލައި، އެ ފްލައިޓުން ދަތުރުކުރުމަށް ކައްދޫ އެއާޕޯޓުގައި ތިބި ފަސިންޖަރުން ގެނައުމަށް މާލެއިން ފްލައިޓެއް ފޮނުވަން ވަނީ ނިންމައިފަ އެވެ.

ކައްދޫ އެއާޕޯޓަކީ އެމްއެންޑީއެފްގެ އިސްކަންދަރު ވައިގެ މަރުކަޒު ގާއިމުކޮށްފައިވާ އެއާޕޯޓެވެ.

މި ހާދިސާގައި އެއްވެސް ޕެސެންޖަރަކަށް އަދި ކުރޫއަކަށް ވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް މޯލްޑިވިއަންއިން ބުނެއެވެ.

މޯލްޑިވިއަން އިން ބުނީ މި ހާދިސާ ތަހުގީގު ކުރަންދާ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top