އާރިފަށް ރުހުން ދޭން ފެންނަ ކަމަށް ރަށު ކައުންސިލުން ފާސްކޮށްފި

viber_image_2022-10-14_11-58-37-615-1.jpg

އާރިފް، ހިންމަފުށީ ސްކޫލްގެ ޓީޗަރަކަށް ލިއުމެއް ހަވާލު ކުރައްވަނީ---ފޮޓޯ/ހިންމަފުށި ސްކޫލް ،އެފްބީ

އޭދަފުށީ ކައުންސިލުގެ ހުސްވެފައިވާ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރިމަތި ލައްވާފައިވާ އޭދަފުށި ރަންދޯދި، މުހައްމަދު އާރިފަށް ރުހުން ދޭން ފެންނަކަމަށް ރަށު ކައުންސިލުން ފާސްކޮށްފި އެވެ.

އާރިފަށް ރުހުން ދޭން ފާސްކޮށްފައި ވަނީ އޭދަފުށީ ކައުންސިލަށް ސެކްރެޓަރީ ޖެނެރަލެއް ހަމަޖެއްސުމަށް ޓަކައި ސިވިލް ސާވިސް ކޮމިޝަން އިން ފޮނުވާފައިވާ ސިޓީއާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް މިދިޔަ ހަފްތާގެ ބުދަ ދުވަހު ބޭއްވި އޭދަފުށީ ކައުންސިލުގެ 4 ވަނަ ދައުރުގެ 68 ވަނަ އާއްމު ޖަލްސާގައެވެ.

އޭދަފުށީ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މީހަކު ބޭނުން ވެގެން މީގެކުރިން ދެފަހަރު އިއުލާނު ކުރުމުންވެސް އެމަގާމަށް ޝަރުތު ހަމަވާ މީހަކު ކުރިމަތިލާފައެއް ނުވެއެވެ. އާރިފަކީ މި މަގާމަށް މީހުން ހޯދުމަށް ތިންވަނަ ފަހަރަށް އިއުލާނު ކުރުމާއި ގުޅިގެން ސިވިލްސާވިސް ކޮމިޝަނުން ކައުންސިލަށް ފޮނުވާފައިވާ ނަމެކެވެ.

ކ.ހިންމަފުށީ ސްކޫލް ހިންގުމާއި މިވަގުތު ހަވާލުވެ ހުންނެވި އާރިފަކީ ވޭތުވެދިޔަ 20 އަހަރު ވެސް ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވަމުން އަންނަ ބޭފުޅެކެވެ.

އޭނާވަނީ ބ.އަތޮޅު ތައުލީމީ މަރުކަޒުގައިވެސް މަސައްކަތް ކުރައްވާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top