ސަރުކާރުގެ ރަސްމީ މަސައްކަތުގަޑި ބަދަލުވެއްޖެ

ރައީސްއޮފީހުގައި މިއަދު އޮތް ކެބިނެޓް ބައްދަލުވުން ފޮޓޯ: ރައީސް އޮފީސް

ރައީސްއޮފީހުގައި މިއަދު އޮތް ކެބިނެޓް ބައްދަލުވުން ފޮޓޯ: ރައީސް އޮފީސް

މާދަމާއިން ފެށިގެން ސަރުކާރުގެ މަސައްކަތު ރަސްމީގަޑިއަކީ ހެނދުނު 8:00 ން މެންދުރު 2:00 އަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.

މިގޮތަށް ނިންމަވާފައިވަނީ މިއަދުއޮތް ކެބިނެޓް ބައްދަލުވުމުގައި ސަރުކާރުގެ ރަސްމީގަޑިއަށް ބަދަލު ގެނައުމާ ބެހޭގޮތުން މަޝްވަރާކުރެއްވުމުގެ ފަހުގައި ކަމަށް ރައިސްއޮފީހުގެ ވެބްސައިޓްގައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ގަޑިކުރުކުރެއްވުމަށް ނިންމެވީ ސަރުކާރު މުވައްޒަފުން އާއިލާއާއެކު ހޭދަކުރަން ލިބޭވަގުތު އިތުރުކުރުމާއެކު އިތުރުމަސައްކަތްކުރުމަށް ވަގުތު ދިނުމާ އިޖްތިމާއީ ކަންކަމުގައި ބައިވެރިވެ ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް މަގު ފަހިކުރުވުމުގެ ގޮތުންކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

ސަރުކާރުގެ ރަސްމީ މަސައްކަތުގަޑި މިގޮތަށް ބަދަލުވުމުން ދެން މުވައްޒަފުންނަކަށް ބްރޭކެއް ނުލިބޭނެއެވެ. މީގެ ކުރިން ކޮންމެ މުވައްޒަފަކަށްވެސް އެއްގަޑިއިރުގެ ބްރޭކެއް ލިބެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top