ދޮންފަނު އާ އިންޖީނުގޭގައި ޚިދުމަތް ދޭން ފަށައިފި

img_md_202306180229201687080560.8164.jpeg

ދޮންފަނުގައި ގާއިމްކުރި އާ އިންޖީނުގެ / ފޮޓޯ: ފެނަކަ

ބ. ދޮންފަނުގައި އަލަށް އިމާރަތް ކުރި އިންޖީނުގެ ނިންމައި ޚިދުމަތް ދޭން ފަށައިފިއެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ، ބ. ދޮންފަނުގައި ހިންގާ ޕަވާހައުސް ބަދަލުކުރުމުގެ މަޝްރޫއަކީ މީހުން ދިރިއުޅޭ ސަރަހައްދުގެ މެދުގައި ހުންނަ ކުރީގެ ޕަވާހައުސް އިން ރައްޔިތުން އުފުލަމުންދާ އެތައް ބުރައަކަށް އެކަށީގެންވާ ހައްލެއް ހޯދައި ދިނުމަށް ފެށި މަޝްރޫއެއް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން އަލަށް އިމާރާތް ކުރި އިންޖީނުގެއާއި އޮފީސް އިމާރާތުގެ މަސައްކަތް ނިންމައި އެތަނުން ޚިދުމަތް ދޭން މިއަދު ފަށާފައިވާ އިރު މިކަމުގެ ސަބަބުން ރަށުގެ ކަރަންޓުގެ ޑިމާންޑާށް ދިމާވެފައިވާ މައްސަލައަށް ވެސް ހައްލު ލިބިގެން ދާނެ ކަމަށް ފެނަކައިން ބުނެއެވެ.

ފެނަކައިން އަލަށް އިމްރާތްކުރާ އިންޖީނުގެތައް ފަރުމާ ކޮށްފައި ވަނީ ރަށުގެ އާބާދީ އިތުރުވެ، އަދި ކަރަންޓު ވަސީލަތްތައް ބޭނުން ކުރާ ވަރު އިތުރުވާ މިންވަރަށް ބަލައި އެ މިންވަރަށް ކަރަންޓު ފޯރުކޮށް ދެވޭނެ ކެޕޭސިޓީއަށް ވެސް ބަލައިގެންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top