މަތީ ތައުލީމަށް ކިޔެވުމަށް 1000 ފުރުސަތު ސަރުކާރުން އިޢްލާންކޮށްފި

އޭލެވެލް އިމްތިހާނުގެ ނަތިޖާ ފާޅުކުރުމަށް ބުރާސްފަތިދުވަހުގެރޭ ބޭއްވި ޖަލްސާގައި މުޅިރާއްޖެއިން އެއްވަނަ ހޯދި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އަލީ އަރުޝަމްއށް ރައިސް އެވޯޑް ހަވާލުކުރައްވަނީ

އޭލެވެލް އިމްތިހާނުގެ ނަތިޖާ ފާޅުކުރުމަށް ބުރާސްފަތިދުވަހުގެރޭ ބޭއްވި ޖަލްސާގައި މުޅިރާއްޖެއިން އެއްވަނަ ހޯދި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އަލީ އަރުޝަމްއށް ރައިސް އެވޯޑް ހަވާލުކުރައްވަނީ

މަތީ ތައުލީމަށް ކިޔެވުމުގެ 1،000 ފުރުސަތު ރައީސް އަބްދުﷲ ޔާމީން އިއުލާނުކުރައްވައިފި އެވެ.

މިދިޔަ އަހަރު އޭލެވެލް އިމްތިހާނުގެ ނަތީޖާ އިއުލާނުކޮށް މަތީ ވަނަތައް ހޯދި ދަރިވަރުންނަށް އިނާމު ދިނުމަށް ބުރާސްފަތިދުވަހުގެރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އެ 1،000 ފުރުސަތުގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ކިޔެވުމުގެ 500 ފުރުސަތާއި ރާއްޖެއިން ބޭރުގައި ކިޔެވުމުގެ 500 ފުރުސަތު ކަމަށެވެ.

އެގޮތުން، މަތީ ތައުލީމަށް އަލަށް ކިޔަވަން ފަށާ ދަރިވަރުންނާއި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ވެސް މި ފުރުސަތު އޮންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ. މީގެ އިތުރުން ވަޒީފާގައި އުޅެމުން ކިޔެވުމަށާއި ބޭރު ގައުމުތަކުން ހަދިޔާކުރާ ސްކޮލަޝިޕްތަކުގެ ދަށުން ކިޔެވުމުގެ ފުރުސަތުތަކެއް ވެސް މި 1،000 ފުރުސަތުގެ ތެރޭގައި ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ.

މަތީ ތައުލީމުގެ ފުރުސަތުތައް ހުޅުވާލާއިރު، ރާއްޖެއަށް އެންމެ ބޭނުންތެރި ދާއިރާތަކުން އިސްކަންދެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި، މިގޮތުން ސިއްހީ ދާއިރާއަށް އަމާޒުކޮށްގެން، ޖެނެރަލް މެޑިސިންގެ ފުރްސަތާއި، އެކިބަލިތަކަށް ހާއްސަ ޑޮކްޓަރުން އުފެއްދުމަށް ޕޯސްޓްގްރެޖުއޭޓް މެޑިސިން ހެދުމުގެ ފުރުސަތު ހިމެނޭނެ އެވެ. މީގެއިތުރުން، އިކޮނޮމިކްސް، ބޭންކިން، ފައިނޭންސް ފަދަ ދާއިރާތައް ހިމެނޭނެ އެވެ.

ރައީސް ދެއްކެވި ވާހަކަފުޅުގައި، މަތީ ސާނަވީ އިމްތިހާނުގައި ބައިވެރިވި ކުދިން ހާސިލުކޮށްފައިވާ ނަތީޖާއަށް ބައްލަވައިލައްވަމުން، އެކުދިންނަކީ ރާއްޖޭގެ މުސްތަގުބަލުކަން ސިފަކުރެއްވި އެވެ. އަދި އެކުދިންނަކީ އެމަނިކުފާނުގެ ތަސައްވުރު ހަގީގަތަކަށް ހަދައިދޭނެ ދަރިވަރުންކަމާމެދަކު ޝައްކުނުކުރައްވާ ކަމަށާއި އެކުދިންނަކީ މައިންބަފައިންނާއި އާއިލާތައް އަދި މުޅި ގައުމު ފަޚްރުވެރިވާނޭ މުޅިން އާ ޖީލެއްގެ ބިންގާކަމަށްވާނެކަމާމެދަކު ޝައްކުނުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

ތަހުޒީބު މުޖްތަމައެއް ބިނާކުރުމަށްޓަކައި އެންމެ ކުއްޖަކުވެސް ބާކީނުކޮށް، ހަމަހަމަ އުސޫލަކުން ތައުލީމާއި ހުނަރު އަދި ތަމްރީނު ހޯދައިދިނުމާއި، ދިވެހި ޒުވާނުންނަށް މަތީ ތައުލީމު ލިބުމުގެ ފުރްސަތު ހޯދައިދިނުމާއި، ދިވެހިރާއްޖޭގެ އިގްތިސާދީ ސިނާޢަތަށް ބޭނުންވާ ފަންނީ ހުނަރު، ދިވެހި ދަރިންނަށް ހޯއްދަވައިދެއްވުމަކީ، މި ސަރުކާރުގެ އަމާޒެއް ކަމުގައި ރައީސް ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top