ތުޅާދޫގެ ފެނާއި، ނަރުދަމާ ގާއިމްކުރުމަށް އޯޕިޑް ފަންޑުން ލޯނު ނަގައިފި

ބ. ތުޅާދޫ. ތުޅާދޫގެ ފެނާ، ނަރުދަމާގެ ނިޒާމް ގާއިމްކުރުމަށް ސަރުކާރުން ވަނީ ލޯން ނަގައިފައި / ފޮޓޯ: އީވީ

ބ. ތުޅާދޫ. ތުޅާދޫގެ ފެނާ، ނަރުދަމާގެ ނިޒާމް ގާއިމްކުރުމަށް ސަރުކާރުން ވަނީ ލޯން ނަގައިފައި / ފޮޓޯ: އީވީ

ބ. އަތޮޅު ތުޅާދޫ ހިމެނޭގޮތަށް ފަސް ރަށެއްގެ ފެނާއި ނަރުދަމާ ގާއިމްކުރުމަށް އޯޕެކް ފަންޑް ފޯ ޑިވެލޮޕްމަންޓް (އޯފިޑް) އިން 20 މިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް 308 މިލިއަން ރުފިޔާގެ ލޯނެއް ސަރުކާރުން ނަގައިފި އެވެ.

އޮސްޓްރީއާގެ ވެރި ރަށް ވިއެނާގައި ހުންނަ އޯފިޑް މައި މަރުކަޒުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި، ލޯނު އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދެވެ. އޯފިޑުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ސުލައިމާން ޖާސިރު އަލްހާބިޝް އެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެ ލޯނު ހަމަޖައްސާފައި ވަނީ ފެނާއި ނަރުދަމާ ގާއިމްކުރުމަށް އޯފިޑް ފަންޑުން ދޭ އެހީގެ ދަށުން ކަމަށެވެ. ލޯނުގެ އެހީގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރަން ހަމަޖައްސާފައި ވަނީ ބ. ތުޅާދު އާއި ނ. ވެލިދު އާއި ރ. ހުޅުދުއްފާރުގެ އިތުރުން ގއ. ކޮލަމާފުށީގަ އެވެ. މީގެ އިތުރުން ގދ. ގައްދޫގައި ނަރުދަމާ އަޅަން ވެސް ހަމަޖައްސާފައި ވަނީ އެ ލޯނުގެ ދަށުން ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

2850 މީހުންގެ އާބާދީއެއް އޮތް ތުޅާދޫގެ ފެންތަޢައްޔަރުވުމުގެ މައްސަލައަކީ ވަރަށް ކުރިއްސުރެ އެރަށަށް ދިމާވެފައިވާ މައްސަލައެއްކަމަށް އެރަށު ކައުންސިލް އިދާރާއިން ބުނެއެވެ. އެއިދާރާއިން ބުނީ މިމައްސަލަ މިހެން އޮތްއިރު ނަރުދަމާ ނެތުމުގެ ސަބަބުން ގޭގޭގައި ވަޅުލާފައިވާ ސެޕްޓިކް ޓޭންކްތަކުން ބިމަށްނަޖިސް ލީކުވެ ފެނުގެ ހާލަތު އިތުރަށް ގޯސްވެފައިވާކަމަށެވެ. އެހެންކަމުން ނަރުދަމާގެ ނިޒާމަކާ، ސާފުފެންލިބޭނެ އިންތިޒާމެއް މިހާރުން މިހާރަށްވެސް ހަމަޖައްސަންޖެހޭ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top