ކޮވިޑް-19 : ބ.އަތޮޅު ހޮސްޕިޓަލުން ސާމްޕަލް ނެގުމަށް ތައްޔާރުވެއްޖެ.

thumbs_b_c_af037ca3e497d4dfa187b5f7d3bd0a88.jpg

ރާއްޖޭގައި ކޮވިޑް-19 ފެތުރެމުން ދާތީ އަތޮޅުތަކުގެ ހާލަތު ހުރިގޮތް ބެލުމުގެ ގޮތުން ބައެއް ރަށްރަށުގައި ރެންޑަމްކޮށް ސާމްޕަލް ނެގުމަށް ނިންމާފައިވާތީ އޭދަފުށީގައި ސާމްޕަލް ނަގަން ތައްޔާރުވެއްޖެ އެވެ.

ބ.އަތޮޅު ހޮސްޕިޓަލުން މިކަން ވަނީ ރައްޔިތުންގެ ސަމާލުކަމަށް ގެނެސްފައެވެ.

ބ.އަތޮޅު ހޮސްޕިޓަލުން މިއަދު ހާމަކުރި ގޮތުގައި ކޮވިޑް 19 އާ ގުޅިގެން އޭދަފުށީގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން މިރޭ 8 އިން ފެށިގެން 11 އާ ދެމެދު 70 މީހެއްގެ ސާމްޕަލް ނަގާނެ އެވެ.

ސާމްޕަލް ނެގުމަށް ހަމަޖެހިފައިވަނީ ބިދޭސީންގެ 20 މީހުންނާއި އަދި ދިވެހިންގެ 50 މީހުންނެވެ.

ސާމްޕަލް ނެގުމަށް ހަމަޖެހިފައިވާ ފަރާތް ތަކަށް ބ.އަތޮޅު ހޮސްޕިޓަލުން އަންގާނެކަމަށާއި މިކަމަށް އެއްބާރު ލުން ބޭނުންވާކަމަށް އަތޮޅު ހޮސްޕިޓަލުން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top