ބަޔޮސްފިޔަރ ރިޒާވްގެ ގޮތުގައި އައްޑޫ އާއި ފުވައްމުލަކު ކަނޑައަޅައިފި.

PicsArt_10-28-07.11.29-e1603895539526.jpg

އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީ ބަޔޮސްފިޔަރ ރިޒާވްގެ ގޮތުގައި ކަނޑައަޅައިފިއެވެ.

ބައިނަލްއަގްވާމީ ޖަމްޢިއްޔާ އެއް ކަމަށްވާ ބަޔޮސްފިއަރ ރިޒާވަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބޭ ތިމާވެށީގެ ގޮތުން ފާހަގަ ކޮށްލެވޭ، ބަލަހައްޓައި، ދަމަހައްޓައި، ހިމާޔަތް ކުރުން މުހިންމު، އެތަންތަނުން އެ ސަރަހައްދުތަކުގައި އުޅޭ ދިރުންތަކަށް ފައިދާ ލިބޭ ތަންތަނުގެ ތެރެއިން ވަކި ޝަރުތުތަކެއް ފުރިހަމަވާ ތަންތަނަށް ދެވޭ ޝަރަފެކެވެ.

މި ދެ ސިޓީގެ ރަށްްރަށް ބަޔޮސްފިޔަރ ރިޒާވްގެ ގޮތުގައި ކަނޑައެޅިކަން ޔުނެސްކޯއިން އިއުލާން ކުރީ ބުދަ ދުވަހު ކުރިއަށް ގެންދިޔަ އިންޓަނޭޝަނަލް ކޯޑިނޭޓިން ކައުންސިލް އޮފް ދަ މޭން އެންޑް ދަ ބަޔޮސްފިއާ ޕްރޮގްރާމްގައެވެ.

މިކަމާ ގުޅިގެން އައްޑޫ އާއި ފުވައްމުލަކުގެ ރައްޔިތުންނަށް މަރުޙަބާ ދެންނެވުމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ކުރެއްވި ޓުވީޓްގައި ވަނީ މި ނިންމުން ވެގެންދާނީ ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް ހިމާޔަތް ކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަމަށެވެ.

އައްޑޫ އާއި ފުއްވައްމުލައް ބަޔޮސްފިޔަރ ރިޒާވްގެ ގޮތުގައި ކަނޑައެޅުމާއެކު ބ.އަތޮޅާއެކު މިހާރު ރާއްޖޭގައި ތިން ބަޔޮސްފިއާ އޮންނާނެއެވެ.

އައްޑުއަތޮޅާއި ފުވައްމުލައް ބަޔޮސްފިޔަރ ރިޒާވްގެ ގޮތުގައި ކަނޑައެޅޭއިރު ބަޔޮސްފިޔަރ ރިޒާވެއްގައި ހިމެނޭ ސަރަހައްދުތައް ބެހިފައި ވަނީ މައިގަނޑު 3 ބަޔަކަށެވެ. އެއީ ކޯ އޭރިޔާ، ބަފަރޒޯން އަދި ޓްރާންޒިޝަނަލް ނުވަތަ މަލްޓި ޔޫޒް އޭރިޔާއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top