ރާކުލް ޕްރީތު ސިންގ، ފިނޮޅު ރިސޯޓުގައި

312787914_1246998242517156_289309667213436174_n.jpg

ރާކުލް ޕްރީތު ސިންގް

ބޮލީވުޑްގެ މަޝްހޫރު ތަރި، ރާކުލް ޕްރީތު ސިންގ ބ. އަތޮޅުގައި އޮންނަ ފިނޮޅު މޯލްޑިވްސް ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

ރާއްޖެ އައުމަށްފަހު ރާކުލް އަންނަނީ އޭނާ ނަގާފައިވާ ފޮޓޯތައް މީސް މީޑިއާގައި ހިއްސާ ކުރަމުން ނެވެ.

އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ އަޖޭ ދޭވްގަން އާއިއެކު ތޭންކް ގޮޑް އިންނެވެ. އަދި އޭނާ ވަނީ އަޔުޝްމަން ކުރާނާ އާއިއެކު ޑޮކްޓަރު ޖީ ގައިވެސް ވަނީ މަސައްކަތް ކޮށްފައެވެ.

މީގެ އިތުރުން އަކްޝޭ ކުމާރް އާއެކު ކުޅެފައިވާ ޗުއްޓުޕުޓްލީވެސް މިއަހަރުގެ ކުރީކޮޅު ވަނީ ރިލޒް ކޮށްފަ އެވެ.

އޭނާގެ އިތުރު ދެ ފިލްމެއްގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ރިޕޯޓްތައް ބުނެއެެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top