”މީރާ “ބ.އަތޮޅަށް

mira.jpg

މި ފެށޭ މާޗް މަހު “މީރާ “ގެ ޓީމެއް ބ.އަތޮޅަށް އައުމަށް ހަމަޖެހިއްޖެކަމަށް މީރާއިން ބުނެފިއެވެ.

މީރާގެ ޓީމް ބ.އަތޮޅަށް އައުމުގެ ބޭނުމަކީ ކުދި ވިޔަފާރިތަކުގެ މިދިޔަ އަހަރުގެ މާލީ ހިސާބުތައް ތައްޔާރު ކުރުމުގައި އެހީތެރިވެދިނުމަށް ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

މީގެ އިތުރުން މި ޓީމުން މިދިޔަ އަހަރުގެ ބީޕީޓީ ބަޔާނާއި މާލީ ހިސާބުތައް ތައްޔާރުކުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ތަކަށް އެހީތެރިކަން ފޯރުވައި ދިނުމާއި މީރާ އިން ކުރަންޖެހޭ އޮޑިޓްތައް ކުރުމާއި ޓެކްސް ދައްކާ ފަރާތްތަކަށް ބޭނުންވާ ޓެކުހާގުޅޭ މައުލޫމާތު ދިނުންވެސް ހިމެނޭ ކަމަށް ވެސް މީރާއިން ބުނެއެވެ.

މީރާގެ ބ.އަތޮޅަށް އައުމަށް ހަމަޖެހފައިވާއިރު މި އަތޮޅާއެކު އިތުރު ނުވަ އަތޮޅަކަށްވެސް މާޗް މަހުން ފެށިގެން އެޕްރީލް މަހުގެ ނިޔަލަށް ޒިޔާރަތް ކުރާނެއެވެ.

ބީޕީޓީ ބަޔާނާއި މާލީ ހިސާބުތައް ތައްޔާރުކުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކުން މީރާގެ ހޮޓްލައިން ނަންބަރަށް 1415 އަށް ގުޅައި ނަން ނޯޓު ކުރުމުގެ ހިދުމަތް ވަނީ މިރާއިން ހުޅުވާލާފަ އެވެ. މީރާގެ ޓީމުތައް ވަނީ މިދިޔަ އަހަރުވެސް ވަނީ 10 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް ޓެކްސް ދައްކާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top