ދާއިރާއަށް ހާއްސަ ޓްރަސްޓް ފަންޑެއް އުފައްދަން ސަލީމް ނިންމައިފި

ސަލީމް އޭދަފުށީގައި އާންމުގެ މީހަކާ ބައްދަލުކުރަނީ. އެކިކަހަލަ ކަންކަމަށް ހަރަދުކުރުމަށް ފަނޑެއް އުފެއްދުމަށް ސަލީމް ވަނީ ނިންމަވާފައި / ފޮޓޯ: އީވީ ފައިލް

ސަލީމް އޭދަފުށީގައި އާންމުގެ މީހަކާ ބައްދަލުކުރަނީ. އެކިކަހަލަ ކަންކަމަށް ހަރަދުކުރުމަށް ފަނޑެއް އުފެއްދުމަށް ސަލީމް ވަނީ ނިންމަވާފައި / ފޮޓޯ: އީވީ ފައިލް

އޭދަފުށީ ދާއިރާގެ މަޖިލިސް މެމްބަރ އަހްމަދު ސަލީމްގެ ނަމުގައި ޓްރަސްޓް ފަންޑެއް އުފެއްދުމަށް ނިންމަވާފައިވާކަމަށް އަހްމަދު ސަލީމް (ރެޑްވޭވް) ވިދާޅުވެއްޖެއެވެ.

އީވީއަށް ދެއްވި އިންޓަވިއުއެއްގައި ސަލީމް ވިދާޅުވީ ދާއިރާގެ ތަރައްޤީއަށް ކުރެވޭ އެކި އެކި ކަންކަމަށް އެހީތެރިވުމުގެ ގޮތުން ޓްރަސްޓް ފަންޑެއް އުފެއްދުމަށް ނިންމެވީ ދާއިރާގެ ރައްޔިތުންނަށް އެންމެ ފަސޭހައިން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތެއް ހަމަޖެއްސުމުގެ ގޮތުން ކަމަށެވެ. އޭނާ ވިދާޅުވީ މަޖިލީހަށް ހޮވުނަސް ނުހޮވުނަސް ޓްރަސްޓް ފަންޑް އަންނަ މަހު އުފެދި ފަންޑުން ހަރަދުކުރެވޭ ގޮތްތައް އާންމުކުރެވޭވަރުވާނޭކަމަށެވެ.

” އަޅުގަނޑަކީ މީގެ އެތައް އަހަރެއްކުރިން ފެށިގެން އެކިކަހަލަ ކަންކަމުގައި ރާއްޖޭގެ އެކިސަރަހައްދުތަކުގެ އާންމުންނަށް އެކިވަރުގެ އެހީތެރިކަން ދެމުން އަންނަމީހެއް. މިއެހީތައް އޭދަފުށި ދާއިރާގެ ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި މިހާރަށްވުރެ ފަސޭހަ ގޮތްތަކެއް މިހަދަނީ. އެގޮތުން ތައުލީމީ އަދި އެހެނިހެން ދާއިރާތަކަށް މިފަންޑުން އެހީތެރިކަން ލިބިގެން ދާނެ ދާއިރާގެ ކޮންމެ ރަށަކުން އެދުނު ކަމުގައިވިޔަސް. ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ފަންޑުން އެހީ ދޫކުރަމުންގެންދާނީ އެކަމަށް ކަނޑައަޅާ ކޮމެޓީއަކުން ބެލުމަށްފަހު އެކަމަކީ މިވަގުތައް މުހިއްމު އަދި ރައްޔިތުންނަށް ލާބަޔާ މަންފާކުރާނޭގޮތެއް ބަލައިގެން އެންމެ އެކަށީގެންވާ ކަންކަމަށްކަމަށާ، މިހާރު މިދޫކުރެވޭ އެހީތައްވެސް ކުރިޔަށް އޮތްތަނުގައި މިފަންޑުގެ ދަށަށް ބަދަލުވެގެންދާނެކަމަށެވެ.

ބ. އަތޮޅުގެ ރަށްރަށުގެ އާންމު ރައްޔިތުންނަށާ، އިޖްތިމާއީ އެކިއެކި ބޭނުންތަކަށް މީގެ އެތައް އަހަރެއްކުރިން ފެށިގެން ސަލީމް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން އެކިކަހަލަ ބޮޑެތި ބަލިތަކަށް ފަރުވާ ކުރުމަށް ދަތިވެފައިވާ ފަރާތްތަކަށް ސަލީމް އޮފީހުން ވަރަށްބޮޑެތި އެހީތައް ކޮންމެ ދުވަހަކުވެސް ދެވެމުންދާކަން އެއޮފީހުން ހާމަކުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top